Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 13:08
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ފުލުހުންނަށް އިންޒާރު ދިނުން
ފުލުހުންނަށް އިންޒާރުދިން މީހާ ދޫކޮށްލީ ކޯޓު އަމުރު ނެތި ހައްޔަރުކުރުމުން
31 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އިންޒާރު ދިނުމާއި ބިރުދެއްކުމުގެ ތުހުމަތުގައި
އޭނާ ހައްޔަރު ކުރުމުން އޭނާ ނިސްބަތްވާ ގްރޫޕުގެ މީހުން މާފަންނު ޕޮލިސް ސްޓޭޝަނު ދޮށަށް އެއްވި

ފުލުހުންނަށް އިންޒާރު ދިން މީހާ ކޯޓު އަމުރު ނެތި ހައްޔަރު ކުރުމުން އޭނާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އިންޒާރު ދިނުމާއި ބިރުދެއްކުމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އޭނާ ޝަރުތެއް ނެތި ބަންދުން ދޫކޮށްލުމަށް 19 ސެޕްޓެމްބަރުގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

އިސްގާޒީ ނެރުއްވި އަމުރުގައި ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ނޫން ކަމަށާއި، ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އެގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށްކަމަށް ކަނޑައެޅެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އޭރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގްރޫޕު ހަދައިގެން ރާވައިގެން މާފަންނަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަމަށެވެ.

Advertisement

އަދި ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެ މައްސަލައިގައި އެ މީހާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރުމުން އޭނާ ނިސްބަތްވާ ގްރޫޕުގެ މީހުން މާފަންނު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވިކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ އެ މީހުންނާމެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 21 އަހަރުގެ ޒުވާނަކު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށްވެސް ގާޒީ އަމުރު ނެރުއްވާފައިވެއެވެ.

ގްރޫޕަކަށް ނިސްބަތްވާ މީހަކު ފުލުހަކަށް މަރުގެ އިންޒާރު ދީފައިވާއިރު މި މަހުގެ 9 ވަނަ ދުވަހު ހެންވޭރަށް ނިސްބަތްވާ ގްރޫޕަކުން ވަނީ 3 ފުލުހަކަށް ހަމަލާ ދީފައެވެ. ފުލުހުންނަށް ދޭ މިފަދަ ހަމަލާތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 9 ވަނަ ދުވަހު ހަމަލާ ދީފައިވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށެވެ. އެ ހަމަލާ ދީފައިވަނީ އެ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަކާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް