Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 07:15
ފުލުހުން
ފުލުހުން
ޕޮލިސް
އަވައްޓެރި ފުލުހުންގެ ހަފުތާ
އަވައްޓެރި ފުލުހުންގެ ހަފުތާއެއް އާދިއްތަ ދުވަހު ފަށަނީ
މިހަރަކާތް ނިންމާލުމުގެގޮތުން ސެޕްޓެމްބަރ 24 ވަނަ ދުވަހު އަވައްޓެރި ފުލުހުންގެ ހަވީރެއް އޮންނާނެ
ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު، ސްކޫލްތަކުން

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން 18 ސެޕްޓެމްބަރުން 24 ސެޕްޓެމްބަރަށް "އަވަށްޓެރި ފުލުހުން"ގެ ހަފުތާއެއް ފާހަގަކުރަން ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ, ހަފުތާތެރޭގައި ކުރިއަށްގެންދާނެ ހަރަކާތްތައް އާންމުކޮށްފައެވެ. އެގޮތުން ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު، ސްކޫލްތަކުންނެވެ. ސްކޫލް އެސެމްބްލީއަށް ފުލުހުން ގޮސް "ވޯކް އެންޑް ޓޯކް"ގެ ނަމުގައި ހަރަކާތްތަކެއް ކުރިޔަށްގެންދާނެއެވެ.

ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހު ގޭގެއަށް ޒިޔާރަތްކުރުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންދާއިރު، ސެޕްޓެމްބަރ 20 ވަނަ ދުވަހު ކޮމިޔުނިޓީ މީޓިންގތަކާއި ލޭހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށްގެންދާނެއެވެ.

Advertisement

ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ޚާއްސަ ފުޓްބޯޅަ މެޗެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ގުރައިދޫ މަޒުކަޒަށް ޒިޔާރަތްކުރުމުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބައްދަލުކުރާނެއެވެ.

ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު އަވައްޓެރި ފުލުހުން މީޑިޔާއަށް ޒިޔާރަތްކުރާއިރު، ސެޕްޓެމްބަރ 23 ވަނަ ދުވަހު ޕްލާސްޓިކް ކްލީނިންގ އިވެންޓެއް ބާއްވާނެއެވެ. އަދި މިހަރަކާތް ނިންމާލުމުގެގޮތުން ސެޕްޓެމްބަރ 24 ވަނަ ދުވަހު އަވައްޓެރި ފުލުހުންގެ ހަވީރެއް އޮންނާނެއެވެ.

ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ދޭންފަށާފައިވަނީ މީގެ 18 އަހަރުކުރިން ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް