ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 12:28
ރާނީ އެލިޒަބެތު 2 އަވަހާރަވީ ސެޕްޓެމްބަރު 8 ގައި
ރާނީ އެލިޒަބެތު 2 އަވަހާރަވީ ސެޕްޓެމްބަރު 8 ގައި
ވަޔަން
ރާނީ އަވަހާރަވުން
ރާނީގެ ޖަނާޒާއަކީ މިހާތަނަށް އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ބޮޑު އިވެންޓު
ޖަނާޒާއަށް އެކި ގައުމުތަކުން 500 އެއްހާ އިއްޒަތްތެރިން ޒިޔާރަތްކުރައްވާނެ
ރާނީގެ ޖަނާޒާ ބާއްވަނީ ސެޕްޓެމްބަރު 19 ގައި

ރާނީ އެލިޒަބެތު 2 ގެ ޖަނާޒާއަކީ މިހާތަނަށް އެގައުމުގައި ބާއްވާ އެންމެ ބޮޑު އިވެންޓަށް ވާނެ ކަމަށް އިނގިރޭސި އޮފިޝަލުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރާނީގެ ޖަނާޒާއަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ އެންމެ އިސް ލީޑަރުންނާއި ކޮމަންވެލްތު ގައުމުތަކުގެ ލީޑަރުން ވަޑައިގަންނަވާނެއެވެ. މިގޮތުން 500 އެއްހާ ބޭފުޅުން ޒިޔާރަތްކުރައްވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ރާނީގެ ޖަނާޒާ ބާއްވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. ބޭރު ގައުމުތަކުން ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ލަސްވެގެން ޖަނާޒާގެ އެއްދުވަސް ކުރިން ވަޑައިގެންނެވުމަށް ދަންނަވާފައިވެއެވެ.

މި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެއެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާނީ އަވަހާރަވިއިރު ޢުމުރުފުޅުން 96 އަހަރެވެ. އެކަމަނާ ވަނީ 70 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އިނގިރޭސިވިލާތުގެ ރަނިކަން ކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް