ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 22:04
ރާނީ އެލިޒަބެތު ދޭއްގެ ސަންދޯއް
ރާނީ އެލިޒަބެތު ދޭއްގެ ސަންދޯއް
ރޮއިޓަސް
އިނގިރޭސި ރާނީ އެލިޒަބެތު ދޭއް އަވަހާރަވުން
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލުމުގެ ކުރިން ރޯޔަލް ވޯލްޓަށް ލައިފި
ރާނީ އެލިޒަބެތުގެ ހަށިކޮޅާއެކު، އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހަށިކޮޅު ވެސް އެ ފައްޅީގައި ފަސްދާނުލުމަށް ވަނީ ހަމަޖެހިފައި
ރާނީ އެލިޒަބެތު ފަސްދާނުލުމުގެ ކުރިން ކެމެރާތައް ނިއްވާލައި ޝާހީ އާއިލާގެ ބޭފުޅުން އެކަނި ތިއްބަވާ ކުޑަ ރަސްމިއްޔާތެއް ބާއްވަވާނެ
އެކަމަނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ފަސްދާނުލާފައިވާ ފައްޅީގައި

އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ފަސްދާނުލުމުގެ ކުރިން ވިންސޯރ ގަނޑުވަރުގެ ރޯޔަލް ވޯލްޓަށް ތިރިކުރެވިއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހު އަވަހާރަވި އިނގިރޭސި ރާނީގެ ޖަނާޒާގެ ކަންތައްތައް ފައްޓާފައި ވަނީ ހޯމަ ދުވަހު ހެނދުނު އެވެ. އެކަމަނާގެ ޖަނާޒާގެ ކަންތައްތައް ވެސްޓްމިނިސްޓަރ އެބޭ އިން ފައްޓާފައިވާ އިރު، މިޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފައްސަތޭކަ އެއްހާ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާނީ އެލިޒަބެތުގެ ހަށިކޮޅު ވިންސޯރ ގަނޑުވަރުގެ ރޯޔަލް ވޯލްޓަށް ތިރިކުރެވިފައިވާއިރު، އެކަމަނާގެ ސަންދޯކުގެ މަތީގައިއަޅާފައި އޮތް އިނގިރޭސި ރޯޔަލް ދިދަ އާއި ތާޖުވެސް ވަނީ އޭގެ ކުރިން ނަގާފައެވެ.

އެކަމަނާ ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ފަސްދާނުލެވިފައިވާ ފައްޅީގައެވެ. މިފައްޅިއަށް ފިރިކަލުން ޕްރިންސް ފިލިޕްގެ ހަށިކޮޅުވެސް ގެނައުމަށް ހަމަޖެހިފައި ވެއެވެ.

ރާނީ އެލިޒަބެތު ދޭއް ފަސްދާނުލުމުގެ ކުރިން ޝާހީ އާއިލާގެ ބޭފުޅުން އެކަނި ހާޒިރުވެ ތިއްބެވި ކުޑަ ރަސްމިއްޔާތެއް ވަނީ ބާއްވަވާފައެވެ.

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެފައި ވަނީ އުމުރުފުޅުން 99 އަހަރުފުޅުގައި 2021 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. ރާނީ އެލިޒަބެތު އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 96 އަހަރުފުޅެވެ. އެކަމަނާ ވަނީ އިނގިރޭސިވިލާތުގެ ރަނިކަން 70 އަހަރު ކުރައްވާފައެވެ.

މިއަދު ބޭއްވުނު އެކަމަނާގެ ޖަނާޒާ ކުރިއަށް ދިޔައިރު އެތައް މިލިއަން މީހުން ވަނީ މަގުތަކަށް ނިކުމެ ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް