ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 07:10
ސިފައިން
ސިފައިން
އެމްއެންޑީއެފް
ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުން
ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރު 30ގެ ނިޔަލަށް އިތުރުކޮށްފި
އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވާންވާނެ
އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓް 5 އިންޗި، އަންހެންނަމަ 5 ފޫޓް 3 އިންޗި ހުންނަންވާނެ
އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ވެގެންނުވާނެ

ސިފައިންގެ ވަޒީފާއަށް އެދި ވަނުމުގެ މުއްދަތު މިނިސްޓްރީ އޮފް ޑިފެންސުން އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ އޮގަސްޓް 28 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ވަނީ ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 14:00 އެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު 2022 ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައި ވުމާއި، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އޭގެއިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓް 5 އިންޗި،  އަންހެންނަމަ 5 ފޫޓް 3 އިންޗި ހުރި މީހެއް ކަމުގައި ވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ. އަދި، އުމުރުފުރާ ބަލާނީ 2022 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް