Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 00:00
ވޭލް ސަބްމެރިން
ވޭލް ސަބްމެރިން
ސަން އޮންލައިން
ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވުން
ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައިފި
ވިލިމާލެ ބޭރުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ތިބޭ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުން ރިޕޯޓުކޮށްފައިވޭ
ވޭލް ސަބްމެރިންގެ ހަތަރު ސިލިންޑަރެއް ގޮވާފައިވޭ

ވިލިމާލެ ބޭރުގައި އަޅާފައި އޮންނަ ވޭލް ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައިފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 21:10 ގައި ވިލިމާލެ ބޭރުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ތިބޭ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

އެކަމާއި ގުޅިގެން ބެލިބެލުމުން އެ ދިމާލުން ބޭރުގައި އޮންނަ ވޭލް ސަބްމެރިންގެ ހަތަރު ސިލިންޑަރެއް ގޮވާފައިވާކަން އެނގުނުކަމަށެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް