ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 11:21
ނުކުޅެދުންތެރި ހާލަތްތަކުން ސަލާމަތްވެފައިވާ ސިއްޙަތު ރަނގަޅު ކުއްޖަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި 3 ގިންތިއެއްގެ ސްކްރީނިންގް ޕްރޮގްރާމް ދަނީ ކުރިއަށް
ބަރތު ޑިފެކްޓްސް
ޗައިނާގައި ތިބި ނުކުޅެދޭ މީހުންގެ 70 އެތައް ޕަސެންޓެއް ހިއްސާ ކުރަނީ ބަރތު ޑިފެކްޓްސް!
ޗައިނާގައި މިވަގުތު ތިބި ނުކުޅެދޭ މީހުންގެ ޢަދަދު 80 މިލިއަނަށް ވުރެ މައްޗަށް އަރާ
އަހަރެއްގެ މައްޗަށް، އެފަދަ 250000 ކުދިން އުފަން ވާ ކަމަށް ވެސް ވަނީ ރެކޯޑް ކޮށްފައި
ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާގައި ބަރތު ޑިފެކްޓްސްގެ ނިސްބަތް އުޅެނީ 5.6 ޕަސެންޓްގައި
ދޮށީ އުމުރުގެ އަންހެނުން ބަލިވެ އިންނަ ނިސްބަތް އިތުރުވަމުން ދާ ވަރަކަށް، ބަރތު ޑިފެކްޓްގެ ކޭސްތައްވެސް ދަނީ އިތުރުވަމުން

ބަރތު ޑިފެކްޓްސް ނުވަތަ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަކީ ހަށިގަނޑުގެ އައިބުތަކާއި އެނޫންވެސް ނުކުޅެދުންތެރި ހާލަތްތަކުން ސަލާމަތްވެފައިވާ ސިއްޙަތު ރަނގަޅު ކުއްޖަކަށް ހެދުމަށް، ޗައިނާއިން ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން ދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ސީދާ މިކަމަށް އަމާޒުކޮށްގެން، ޗައިނާގައި ޤައުމީ ފެންވަރުގައި ހޭލުންތެރިކަމުގެ ދުވަހެއްވެސް ފާހަގަ ކުރެއެވެ.

ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަކީ ހަށިގަނޑުގެ އައިބުތަކާއި އެނޫންވެސް ނުކުޅެދުންތެރި ހާލަތްތަކަކީ ޅަފަތުގައި ދަރިން މަރުވުމާއި ހެދި ބޮޑުވަމުން އަންނަ އިރު ހާއްސަ އެހީއަށް ބޭނުން ވުމުގެ އެންމެ ބޮޑު އަސްލެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާގައި ބަރތު ޑިފެކްޓްސްގެ ނިސްބަތް އުޅެނީ 5.6 ޕަސެންޓްގައެވެ. އަހަރެއްގެ މައްޗަށް، އެފަދަ 250000 ކުދިން އުފަން ވާ ކަމަށް ވެސް ވަނީ ރެކޯޑް ކޮށްފައެވެ.

ޗައިނާގައި މިވަގުތު ތިބި ނުކުޅެދޭ މީހުންގެ ޢަދަދު 80 މިލިއަނަށް ވުރެ މައްޗަށް އަރާ އިރު، 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ މައި މީހާގެ ބަނޑުގައި އޮންނަ ދުވަސްވަރު ކުރިމަތިވާ ހަށިގަނޑުގެ އައިބުތަކާއި އެނޫންވެސް ނުކުޅެދުންތެރި ހާލަތްތަކާއެވެ.

ބަރތު ޑިފެކްޓްސްއާ ގުޅިފައިވާ އެކި ބަލިތަކަށް ބަލާއިރު، 8000 އާއި 10000 އާ ދެމެދު ޢަދަދެއްގެ ބާވަތްތަކުގެ ބަލިތައް މިހާރުވެސް ވަނީ ދެނެގަނެވިފައެވެ. ޗައިނާއިން އެންމެ އާންމުކޮށް ފެންނަ 10 ބާވަތުގެ ބަލިތަކަށް ބަލާއިރު އެންމެ އާންމު ބާވަތްތަކުގެ ތެރޭގައި ކޮންޖެނިޓަލް ހަރޓް ޑިޒީޒް، ޕޮލީޑެކްޓައިލީ، ކްލެފްޓް ލިޕް، ނިއުރަލް-ޓިއުބް ޑިފެކްޓް އަދި ޑައުން ސިންޑްރޯމް ހިމެނެއެވެ. މި ބާވަތްތައް އެކަނިވެސް، ބަރތު ޑިފެކްޓްސްގެ 65.9 ފަސެންޓް ހިއްސާ ކުރެއެވެ.

ޗައިނާއިން މިހާރު ވަނީ ކޮންމެ ދެމަފިރިއަކަށްވެސް 3 ދަރިން ހޯދިދާނެ ކަމަށް ކަނޑައަޅާފައެވެ. ނަތީޖާއެއްގެ ގޮތުން، ދޮށީ އުމުރުގައި ވިހާ އަންހެނުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. މިއީ ސިއްހީ މާހިރުން އިންޒާރު ދެމުން ދިޔަ ކަމެކެވެ. އެހެނީ، ދޮށީ އުމުރުގައި ވިހަން ޖެހުމަކީ ސިއްހީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތި ކުރުވާ ކަމަކަށް ވާތީއެވެ.

ބެއިޖީންގް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕަރޓްމަންޓްގެ ޗީފް ފިޒީޝަން ޑރ ރުއާން ޔާންގެ ވާހަކަތަކަށް ބަލާއިރުވެސް، މައި މީހާގެ ދިރިއުޅުމުގެ އާދަތަކަކީ ބަރތު ޑިފެކްޓްސްގެ ވާހަކަ ދައްކާއިރު އަޅާ ނުލާ ދޫކޮށްލެވޭނެ މައުލޫއެއް ނޫންކަން ފާހަގަ ކުރަން ޖެހެއެވެ.

ދޮށީ އުމުރުގެ އަންހެނުން ބަލިވެ އިންނަ ނިސްބަތް އިތުރުވަމުން ދާ ވަރަކަށް، ބަރތު ޑިފެކްޓްގެ ކޭސްތައްވެސް ދަނީ އިތުރުވަމުން. އުމުރުން ދުވަސްވަމުން ދާ ވަރަކަށް، ބިހުގެ އުމުރުވެސް ދާނީ ދޮށީ ވަމުން. ހަށިގަނޑުގެ މަސައްކަތްތައްވެސް ބަލިކަށިވާނެ. އޭގެ އިތުރުން ތިމާވެށީގެ ތަޣައްޔަރު ކަމާއި، ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް ނުލިބުމަކީވެސް ބަރތު ޑިފެކްޓްސްއަށް މަގުފަހި ކުރާ ކަންތައްތައް.
ޑރ ރުއާން ޔާން، ޗީފް ފިޒީޝަން

ބަލިވެ އިނުމުގެ ކުރިންނާއި ބަލިވެ އިންނަ ދުވަސްވަރު މައިމީހާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މަދުން ނުވަތަ ގިނައިން އެކި ކަހަލަ މާއްދަތައް ނުވަތަ ނިއުޓްރިއަންޓްސް އެތެރެވުމަކީވެސް އެކަމުގެ ސަބަބުން، ބަނޑުގައި ޣަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅަށް އެކަމުގެ ނޭދެވޭ އަސަރު ފޯރުމުގެ ފުރުޞަތު އޮންނަ ކަމެއްކަން، ސައެންސްގެ ދިރާސާތަކުން ކަށަވަރުކޮށްދެއެވެ.

އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިގަތުމުގެ އެންމެ ރަން ދުވަސްވަރަކީ ހަޔާތުގެ އެންމެ ފުރަތަމަ 1000 ދުވަހެވެ. އެއީ މައިމީހާގެ ބަނޑުގައި އޮންނަ 280 ދުވަހާއި، ދުނިޔެއަށް އުފަންވުމަށްފަހު، އުމުރުން 2 އަހަރެއްހާ ދުވަސް ވަންދެން ހޭދަވާ 720 ދުވަހެވެ.

މާބަނޑު މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަގަނޑުގެ ބައި މަދުވުމުގެ މައްސަލައެވެ. ސިއްހީ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އެކަމަށްވެސް ހައްލުތަކެއް ވަނީ ހޯދާފައެވެ.

ޗައިނާގައި އުފަންވާ ކުދިންނަކީ ބަރތު ޑިފެކްޓްސް ނުވަތަ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަކީ ހަށިގަނޑުގެ އައިބުތަކާއި އެނޫންވެސް ނުކުޅެދުންތެރި ހާލަތްތަކުން ސަލާމަތްވެފައިވާ ސިއްޙަތު ރަނގަޅު ކުއްޖަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި 3 ގިންތިއެއްގެ ސްކްރީނިންގް ޕްރޮގްރާމް ފާހަގަ ކުރެވެއެވެ. އެގޮތުން މީހަކާ އިނުމުގެ ކުރިންނާއި ބަލިވެ އިނުމުގެ ކުރިން ހަދާ ސިއްހީ ޓެސްޓުތަކާއި، ދަރިފުޅު އުފަންވުމުގެ ކުރިން ހަދާ ޓެސްޓުތަކުގެ އިތުރުން، އަލަށް އުފަންވާ ކުދިންގެ ހެލްތު ސްކްރީނިންގް ހިމެނެއެވެ.

- ކޮމެންޓް