ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 08:29
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ރާއްޖެއެމްވީ
ޤައުމީ ޔުނިވަރސިޓީ
ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒު އޮކްޓޯބަރު 11ގައި
މި މައުރަޒު ކުރިއަށްދާނީ އޮކްޓޯބަރު 11-13 އަށް
މައުރަޒުގައި ހިލޭ ބައިވެރިވެވޭނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ފޮތް މައުރަޒު" އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 11 ން 13 އަށް ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް މައުރަޒު އާއްމުންނަށް ހުޅުވާލާފައި ހުންނާނެ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.

ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މި ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ފޮތް ގަންނަ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން، ތަފާތު ބަސްތަކުން ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތްތައް މި މައުރަޒުގެ ޒަރީއާއިން އާއްމުންނަށް ލިބޭނެއެވެ.

Advertisement

މި އަހަރުގެ ފޮތް މައުރަޒު ބާއްވަން ޤައުމީ ޔުނިވަރސިޓީއިން ނިންމާފައިވަނީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ލިބުނު ތަރުހީބާ ގުޅިގެންނެވެ.

މި މައުރަޒުގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާއްމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭއިރު، މިހާތަނަށް ޝާއިއު ނުކޮށް ހުރި ފޮތްތައް ވެސް އާއްމުންނަށް ހަމައަށް ގެނެސްދެވޭނެ މާހައުލެއް އުފދިގެން ދެއެވެ. އަދި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދައި ދެމެހެއްޓުމުގެ ޝައުގު އުފެއްދުމަކީ ވެސް މި މައުރަޒުގެ ބޭނުމެއް ކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.

މި ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ކޮންމެ މީހަކަށް ވެސް ހިލޭ ބައިވެރިވެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް