Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 20:36
ކޮވިޑަށް ޓެސްޓުކުރަނީ
ކޮވިޑަށް ޓެސްޓުކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 42 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 14 މީހުން
އަތޮޅުތަކުން 4 މީހުން ޕޮޒިޓިވްވިއިރު އެހެނިހެން ހިސާބުތަކުން ޕޮޒިޓިވްވީ 24 މީހުން

ފާއިތުވި ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 42 މީހުންކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރ 4ން ސެޕްޓެމްބަރ 10ށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 14 މީހުންނެވެ. އަތޮޅުތަކުން 4 މީހުން ޕޮޒިޓިވްވިއިރު އެހެނިހެން ހިސާބުތަކުން ޕޮޒިޓިވްވީ 24 މީހުންނެވެ. އަލަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވަނީ 8 މީހުންނަށެވެ.

Advertisement

އޭގެކުރީގެ ދެ ހަފުތާގައިވެސް ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 68 މީހުންނެވެ. އޮގަސްޓް މެދުތެރޭގައި މި އަދަދު ހުރީ 99ގައެވެ.

މިއަދަދުތަކާއެކު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރު ހުރީ 184،966ގައެވެ. މިހާތަނަށް މިބަލީގައި 308 މީހުން ވަނީ ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް