ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 20:56
އާސަންދަ ކުންފުޏާއި ވިލާ އެއަރ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން
އާސަންދަ ކުންފުޏާއި ވިލާ އެއަރ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން
އާސަންދަ
ޓްރެވަލް ޕާޓްނަރޝިޕް އެއްބަސްވުން
އާސަންދައިގެ ދަށުން ވިލާ އެއަރއިން އިމަރޖެންސީ އިވެކުއޭޝަންގެ ޚިދުމަތް ދެނީ
އާސަންދައިން ގެންދަނީ އެހެން އެއަރލައިންތަކާއެކުވެސް މިފަދަ އެއްބަސްވުންތައް ގާއިމްކުރަން މަސައްކަތްކުރަމުން

އާސަންދަ ކުންފުންޏާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޓްރެވެލް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤްއެވެ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުއްﷲ ނާޝިދެވެ.

އާސަންދަ ސްކީމްގެ ދަށުން ދޭންޖެހޭ ޚިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކާމާއި އެއްބާރުލުން މިއެއްބަސްވުމުގެ ދަށުން، ވިލާ އެއަރ ޕވޓ ލޓޑ ގެ ފާރާތުން އާސަންދަ ކުންފުންޏަށް ލިބިގެންދާނެއެވެ. ޚާއްސަކޮށް ވިލާ އެއަރގެ ފްލައިޓްތައް ދަތުރުކުރާ އެއަރޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާ، ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށްވެސް، މި އެއްބަސްވުމުގެ ސަބަބުން، އާސަންދަ ސްކީމްގެ ދަށުން އިމަރޖެންސީ އިވެކުއޭޝަން ޚިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އާސަންދަ ކުންފުނިން ދަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު އެއަލައިންތަކާއި އެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް