ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 07:04
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް މޭޔަރު މުއިއްޒު ތިނަދޫއަށް
މުބާރާތުގައި 24 ޓީމެއް ވާދަކުރާނެ
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު ތިނަދޫ ސްޓޭޑިއަމްގައި

އާދީއްތަ ދުވަހު ފަށާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ތިނަދޫއަށް ވަޑައިގަންނަވައިފިއެވެ.

މުއިއްޒު ތިނަދޫއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުއެވެ. މުބާރާތް ފަށާނީ އާދީއްތަ ދުވަހުގެ ހެނދުނުއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު ތިނަދޫ ސްޓޭޑިއަމްގައެވެ.

މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 24 ޓީމެއް ވާދަކުރާނެއެވެ.

ގދ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މިމުބާރާތް އިންތިޒާމުކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. ކްލަބުގެ މެމްބަރުންނާއި މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ހިމެނޭ ގޮތަށް މުބާރާތުގައި 35 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް