ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 08:37
ލޯ މެޑަލް ހޯދި އެތުލެޓިކްސް ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން
ލޯ މެޑަލް ހޯދި އެތުލެޓިކްސް ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ލޯ މެޑަލް ހޯދި އެތުލެޓިކްސް ޓީމު ރާއްޖެ އަތުވެއްޖެ
އިންޑިއާގެ ޗެންނާއީ ގައި ކުރިއަށް ދިޔަ ހަތަރު ވަނަ އޭޝިއާން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ވާދަކޮށް ލޯ މެޑަލް ހޯދާފައި ވަނީ ހަތަރެއް ގުނަަ ސަތޭކަ މީޓަރު ރިލޭ އިވެންޓުންނެވެ.

އިންޑިއާ ގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ވާދަކޮށް، ލޯ މެޑަލް ހޯދި ރާއްޖޭގެ ޤައުމީ އެތުލެޓިކްސް ޓީމު މެޑައްޔާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ޗެންނާއީ ގައި ކުރިއަށް ދިޔަ ހަތަރު ވަނަ އޭޝިއާން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ވާދަކޮށް ލޯ މެޑަލް ހޯދާފައި ވަނީ ހަތަރެއް ގުނަަ ސަތޭކަ މީޓަރު ރިލޭ އިވެންޓުންނެވެ. ރާއްޖޭގެ ފިރިހެން ޓީމާއި، އަންހެން ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ލޯ މެޑަލް ހޯދި އަންހެން ޓީމުގައި ތިބި އެތުލީޓުންނަކީ އަހުނާ ނިޒާރު، ޒިވާ މުސާ ޝަފީއު، މަރިޔަމް ރޫޔާ އަލީ އަދި ޙައްވާ މުޒްނާ ފާއިޒު އެވެ. މި ޓީމުން ރޭސް ނިންމާފައި ވަނީ 48.04 ގެ ޓައިމިން އަކުންނެވެ. މި އިވެންޓުގެ އެއް ވަނަ އިންޑިއާ އިން ހޯދިއިރު، ދެ ވަނަ ހޯދީ ސްރީ ލަންކާ އިންނެވެ.

ލޯ މެޑަލް ހޯދި ފިރިހެން ޓީމުގައި ތިބި އެތުލީޓުންނަކީ އިބްރާހީމް ނާހިލް ނިޒާރު، ޙުސެއިން ޒީކު ސުއާދު ޒުއިޒް މުޙައްމަދު ސުއާދު، އަދި މުޙައްމަދު މިންހާލް ޝާމިން އެވެ. މި ޓީމުން ރޭސް ނިންމާފައި ވަނީ 41.98 ގެ ޓައިމިން އަކުންނެވެ. މި އިވެންޓުގެ އެއް ވަނަ ހޯދީ ސްރީ ލަންކާ އެވެ. ދެ ވަނަ ހޯދީ އިންޑިއާ އެވެ.

ލޯ މެޑައްޔާ އެކު އަންހެން ޓީމު އަދި ފިރިހެން ޓީމު ރާއްޖެ އައިސްފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމުތަކަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ. ކޮމިޝަނަރުގެ އިތުރުން، ކުޅިވަރު ވުޒާރާގެ އިސްވެރިން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ އިސްވެރިން ވެސް ވަނީ ޓީމުތަކަށް މަރުޙަބާ ކިޔުމަށް ވަޑައިގެންފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް