ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 19:39
ފުލުހުންގެ ކާރެއް
ފުލުހުންގެ ކާރެއް
ޕޮލިސް
ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލަ
ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލައިގައި އިތުރު 3 މީހުން އަނެއްކާވެސް ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުން މަތީގެ 3 މީހުން

ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލައިގައި އިތުރު 3 މީހުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލަތަކަކާއި ގުޅިގެން ތިން މީހުން ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުން މަތީގެ 3 މީހުން ކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އުމުރުން 44 އަހަރުގެ މީހާއަށް 10 ދުވަސް، އުމުރުން 47 އަހަރުގެ މީހާއަށް 10 ދުވަސް އަދި އުމުރުން 50 އަހަރުގެ މީހާއަށް 10 ދުވަސް ވަނީ ދީފައެވެ.

މީގެއިތުރުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރު އާއިއެކު ބަދު އަހުލާގީ އަމަލު ހިންގި މައްސަލައިގައި އިތުރު 3 މީހުން އަންގާރަ ދުވަހު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އެ މައްސަލަތަކާއި ގުޅިގެން 3 މީހުން ކޯޓު އަމުރެއްގެ ދަށުން 6 ސެޕްޓެމްބަރު 2022 ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 45 އަހަރުގެ މީހާއަށް 5 ދުވަސް، 47 އަހަރުގެ މީހާއަށް 14 ދުވަސް އަދި 49 އަހަރުގެ މީހާއަށް 14 ދުވަސް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެންނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި އަލަމްގީރް ހިމެނޭހެން 4 މީހުންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވާއިރު، 31 އޯގަސްޓުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އަލަމްގިރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، ތައުބާ ލައިދީފައެވެ. އެގޮތުން އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. 

- ކޮމެންޓް