ކ. މާލެ
|
6 ސެޕްޓެންބަރ 2022 | އަންގާރަ 21:08
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
އެމްއެންޔޫ
އެމްއެންޔޫ
އަތޮޅުތެރޭގައި އެމްއެންޔޫގެ ތިން ކެމްޕަހެއް ހުޅުވުމުގެ މަސައްކަތް ފަށައިފި
މި ތިން ކެމްޕަސް ހުޅުވުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރު، ޏ. ފުވައްމުލައް އަދި ލ. ގަމުގައި

އަތޮޅުތެރޭގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ތިން ކެމްޕަހެއް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ތިން ކެމްޕަސް ހުޅުވުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރު، ޏ. ފުވައްމުލައް އަދި ލ. ގަމުގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ، ފުވައްމުލަކުގައި އައިޓީ ފެސިލީއެއް ގާއިމުކުރާއިރު ކެމްޕަހުން ލިބޭ ހުރިހާ ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ. ހިންނަވަރުގައި ހުރިހާ ކޯހެއް ހިންގާނެކަމަށާއި ރާއްޖޭގައި ހުރި އެންމެ ބޮޑު ކެމްޕަސް، ގަމުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރު ނިމެންވާއިރަށް ތިން ރަށުގައިވެސް ކެމްޕަސް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޔޫއިން ކުރިއަށްގެންދާ އިތުރު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، ޔުނިވަރސިޓީގެ މެޑިކަލް ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ސްކޫލް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެތަނުގެ ބިމުގެ ކަންތައް އަދި ހަމަނުޖެހޭކަމަށާއި ޔުނިވަރސިޓީން ބިން ގަންނަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ޚިދުމަތް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން، ޔުނިވަރސިޓީގެ ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްރަށަށްވެސް ފުޅާކުރުމަށް ބޭނުންފުޅުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޔޫއިން ވަނީ އެ ޔުނިވަރސިޓީއަށް 49 އަހަރު ފުރުންވެސް ދާދި ފަހުން ފާހަގަކޮށްފައެވެ. އެމްއެންޔޫއަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އެމްއެންޔޫ އެކުގައި ކުރިއަށް" މި ޝިއާރެވެ.

އެމްއެންޔޫގައި މިހާރު ގާތްގަނޑަކަށް 5،000 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު، އަތޮޅުތެރޭގައި އެމްއެންޔޫގެ ހަތަރު ކެމްޕަސް ވަނީ ގާއިމުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް