ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 06:14
Barack Obama
Barack Obama
އޭއެފްޕީ
އެމީ އެވޯޑްސް
ބަރަކް އޮބާމާ އަށް އެމީ އެވޯޑެއް
އޮބާމާ އަކީ އެމީ އެވޯޑް ލިބުނު އެމެރިކާގެ 2 ވަނަ ރައީސް
އެވޯޑް ލިބުނީ އަރ ގްރޭޓް ނޭޝަނަލް ޕަރކްސް" ޑޮކިއުމެންޓްރީ ސީރީޒް އިން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް އެމީ އެވޯޑްސްގެ، ބެސްޓް ނެރޭޓަރގެ މަޤާމް ލިބި ވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު އެމީ އެވަރޑްސްގެ ބެސްޓް ނެރޭޓަރ އެވޯޑް ލިބިވަޑައިގެންފައި ވަނީ އޭނާ ނެރޭޓްކޮށްދެއްވާ ފައިވާ ނެޓްފްލިކްސްގެ "އަވަރ ގްރޭޓް ނޭޝަނަލް ޕަރކްސް" ޑޮކިއުމެންޓްރީ ސީރީޒްއަށެވެ. މި ޑޮކިއުމެންޓްރީ އަކީ އޮބާމާގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ހަޔަރ ގްރައުންޑް އިން އުފެއްދި ފަސް އެޕިސޯޑުގެ ޑޮކިއުމެންޓްރީއެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ނޭޝަނަލް ޕަރކްތަކާއިި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.

އޮބާމާ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެމީ އެވޯޑެއް ލިބިވަޑައިގެންނެވި ދެވަނަ ރައީސްއެވެ. އެމީގެ ބެސްޓް ނެރޭޓަރގެ މަޤާމަށް އޮބާމާގެ އިތުރުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ތެރޭގައި ޑޭވިޑް އެޓެންބަރޯގ، ލުޕިޓާ ނިޔޮންގޯ، ކަރީމް އަބްދުލް ޖައްބަރު އަދި ކަމާއު ބެލް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް