ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 23:16
20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު
20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު
އަހުމަދު ޝާކިރު (ޝާކިއްޓެ) / ފޭސްބުކް
ޤައުމީ ޒުވާން ފުޓްބޯޅަ ޓީމު
ޓްރެއިނިންގެ ކުރިން ޒުވާން ފުޓުބޯޅަ ޓީމު އުމްރާގެ އަޅުކަން އަދާކޮށްފި
20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އޮންނާނީ މި މަހުގެ 10ން 18ގެ ނިޔަލަށް
ދިވެހި ޓީމުން އުމްރާގެ އަޅުކަން އަދާކުރީ ބުރާސްފަތި ދުވަހު

މި މަހު އޮންނަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންއަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ޤައުމީ ޒުވާން ފުޓްބޯޅަ ޓީމު އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.

ކޮލިފިކޭޝަންއަށް ތައްޔާރުވުމަށްޓަކައި ޓްރެއިނިން ކޭމްޕަކަށް ޓީމުން ސައުދީ އަރަބިއްޔާއަށް ފުރީ ބުދަ ދުވަހުގެ ރޭގައެވެ. އަދި ފަރިތަކުރުންތައް ފެށުމުގެ ކުރިން ޓީމުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ. ދިވެހި ޓީމުން އުމްރާގެ އަޅުކަން އަދާކުރީ ބުރާސްފަތި ދުވަހުއެވެ.

މިކަން ހާމަކޮށް 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މި ފުރުސަތު ޓީމަށް ފަހިކޮށްދިންކަމަށްޓަކާ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނާއި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ޝުކުރުއަދާކޮށްފައެވެ.

20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އޮންނާނީ މި މަހުގެ 10ން 18ގެ ނިޔަލަށެވެ.

ރާއްޖޭގެ މެޗުތަކުގެ ޝެޑިއުލް

  • ސެޕްޓެމްބަރު 10: ރާއްޖެ - އުޒްބަކިސްތާން
  • ސެޕްޓެމްބަރު 12: ރާއްޖެ - ސައުދީ އަރަބިއްޔާ
  • ސެޕްޓެމްބަރު 14: ރާއްޖެ - ޗައިނާ
  • ސެޕްޓެމްބަރު 19: ރާއްޖެ - މިއަންމާ
- ކޮމެންޓް
4 ސެޕްޓެންބަރ 2022 | އާދީއްތަ 14:50
Ali amir
އުފާވެއްޖެ