ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 21:23
 ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން
ރައީސް އޮފީސް
ބްރޯޑްކާސްޓިން ކޮމިޝަން
ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި
ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައި
ކޮންމެ ޗެނަލަކަށް -/2000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވޭ
ރިބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 31 ވަނަ މާއްދާއާ ހިލާފްވެފައި

ހއ. ހޯރަފުށީގައި ކުންފުންޏަކުން ހުއްދަނެތި 12 ޗެނަލްއެއް ދޫކުރި މައްސަލައެއްގައި އެކުންފުނި 24،000 ރުފިޔާ އިން ޖޫރިމަނާކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

 

އެކޮމިޝަނުން މިމައްސަލަ ނިންމާ ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ 6 ނޮވެންބަރު 2016ގައި ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެން ބެލި މި މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތްތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ހޯރަފުށީގައި ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި އެކިފަހަރު އެކިޗެނަލްތައް ހިމަނައިގެން ޚިދުމަތް ދޭކަން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

 

އަދި ޕެކޭޖްތަކުގައި ހިމަނާފައިވާ ޗެނަލް ތަކުގެ ލިސްޓަށް އުނި އިތުރެއް ގެންނަ ނަމަ އެކަން ރިބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށާއި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ދޭ ކޭބަލްޓީވީގެ ޚިދުމަތުގައި ހިމެނޭ ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިފައިވާކަން ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް އެ ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އެކޮމިޝަނުން ބުންޏެވެ.

 

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް -/2000 ރުފިޔާ އިން ބިޒްނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

އެ 12 ޗެނަލްގެ ތެރޭގައި ހިމެނެނީ، ބީފޯޔޫ މޫވީޒް، ސައުދީ ޤުރުއާން، ޒީޓީވީ، ސޫރިޔާ، އެޗްއޯބީ، ސޮނީ މެކްސް، ސޮނީ ޕިކްސް އަދި ޓެން 3 ގެ އިތުރުން ޓެން 1 އާއި ސަހާރާ ވަން އަދި ފްރާންގްއެވެ.

 

ހުއްދަ ނުހޯދާ ދައްކާފައިވާ ޗެނަލްތައް ދެއްކުން ހުއްޓާލުމަށް އަންގާފައިވާއިރު ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައި ނިންމުމަށް އެ ކޮމިޝަނުން ވަނީ ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

- ކޮމެންޓް