ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 13:07
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
މަޖިލިސް
ހަރުކަށި ފިކުރު ހުއްޓުވުން
ހަރުކަށި ފިކުރާއި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ހާއްސަ ފައުޖެއް އުފައްދަން ހުށަހަޅައިފި
މީހުން މަރަން ފަސްނުޖެހޭ 1400ށް ވިރެ ގިނަ މީހުން ރާއްޖޭގައި އެބަތިބި
ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފައްދުމަށް ހުށަހަޅާފައިވޭ
މީހުންގެ ފުރާނައާއި މުދަލަށާއި ތަންތަނަށް ގެއްލުންދިނުމާއި ގެއްލުން ދީފާނެކަމުގެ އިތުބާރު ހުރު މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރި ކުރުމާއި ރިހިބިލިޓޭޓް ކުރަށް ހުށަހަޅާފައިވޭ

ރާއްޖޭގައި ހަރުކަށި ފިކުރާއި އަނިޔާވެރި އަމަލުތައް ގިނަވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. މެންބަރު ވަހީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސެޕްޓެމްބަރ 22 ވީ ދުވަހު އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް އަމާޒުކޮށް "މިހިރީ ސަރުކާރުގެ މީހެއް. މަރާލަންޖެހޭ" މިފަދައިން ބުނެ ތޫނު އެއްޗަކުން ހަމަލާދީފައިވުމާއި، އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނައެޅި ފިކުރަށް ތަބާވެ އެ ފިކުރުގެ ދިފާއުގައި، މީހުން މަރަން ފަސްނުޖެހޭ 1400ށް ވިރެ ގިނަ މީހުން ރާއްޖޭގައި އެބަތިބިކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެއްކޮށްފައިވާ ބައެއް މައުލޫމާތުތަކުގައި ވެސް ދީނުގެ ނަމުގައި މީހުންނަށް ހަމަލާދީ މަރައި ހެދުމުގެ ރެކޯޑް އޮތް ކިތައްމެ ބަޔަކު ފަހާގަކުރެވިފައިވާ ކަމަށެވެ.

އަދި މިފަދަ ނުރައްކާތެރި ވިސްނުމާއި ފިކުރު މީހުންގެ މެދުގައި ފަތުރައި އަށަގެންނެވުމުގެ މަސައްކަތްތައް ފުޅާވެފައިވާ މިންވަރާއި، ރޭވި އިންތިޒާމުވެގެން މިފަދަ ކަންކަން އެތައްބަޔަކު ހިންގަމުންދާ ކަމުގެ ސާފު ހެކި މުއައްސަސާތަކުން އެއްކޮށްފައިވާ ކަމަށެވެ.

އަދި މިފަދަ ފަރާތްތަކާ ގުޅުންހުރި ގޮތުގައި ހަތިޔާރާއި ގޮވާތަކެތި އުފައްދައި މީހުންނާއި ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވުމާއި، ދައުލަތުގެ ގާނޫނީ ނިޒާމު ބަލައިނުގަނެ، ދައުލަތް ކުފުރުކޮށް، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ތަކުރާރުވަމުން ދިއުމާއި، އަދި ރާއްޖޭގައި އުޅޭ ބޭރުގެ ފަރާތްތަކާއި، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް މިފަދަ ނުރައްކާތެރި ފަރާތްތަކުގެ ޝިކާރައަކަށް ވާންފަށާފައިވާ ކަމަށެވެ.

މިފަދަ ކަންކަން ހިންގާ ފަރާތްތަކާއި، މިފަދަ ކަންކަމާ ގުޅުންހުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މުވައްސަސާތައް ފަހަތުފަޔަށް ބުރަވެފައިވާތީ، އާ ހިތްވަރަކާއި އާ އިންތިޒާމެއްގެ ދަށުން މި ނުރައްކާތެރިކަން ފިލުވާލައި ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސިފައިންނާއި ފުލުހުން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފައްދުމަށާއި، މި ފައުޖުގެ ފަރާތުން މިފަދަ ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި މިސްކިތްތަކާއި ތައުލީމުދޭ ތަންތަން ބަލަހައްޓަން ފެށުން ހިމެނެއެވެ.

މީގެ އިތުރުން މި މައްސަލައިގައި މީހުންގެ ފުރާނައާއި މުދަލަށާއި ތަންތަނަށް ގެއްލުންދިނުމާއި ގެއްލުން ދީފާނެކަމުގެ އިތުބާރު ހުރު މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރި ކުރުމާއި ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ހިންގުމަށް ވަނީ ހުށަހަޅާފައެވެ.

އަދި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން، ދިވެހިރާއްޖޭގައި ދީނީ ތައުލީމް ދިނުމާއި ދީނީ ވައުޟާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތަކުގެ ތެރޭގައިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
ދަރަންޏާ ބެހޭ ބިލު ހިމަނައި އަވަސް ޖަލްސާއެއް އާދީއްތަ ދުވަހަށް އެޖެންޑާކޮށްފި
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތެއް ކޮމިޓީގައި ނުދިން
ސިއްޙީ ޚިދުމަތުގެ ބިލު ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފި
ސިއްހީ ނިޒާމް އޮތް ހާލު އެންމެ ރަނގަޅަށް އެނގޭނީ ދިމްޔާތު ބަލާލީމަ - ޒިޔާދު
ހަގީގަތް ހާމަކޮށް ސަރުކާރު ޖަވާބުދާރީކުރާ އަމިއްލަ ޓީވީތައް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރު ދީފި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް