Advertisement
ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 11:26
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ސޯޝަލްމީޑިއާ
އަލަމްގީރުގެ މައްޗަށް ކުރާ ދައުވާ
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ކުށް އަލަމްގީރުގެ މައްޗަށް ސާބިތުވެއްޖެ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައި
ގާޒީ ވަނީ އެއީ ސައްޙަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައި

ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރުގެ މައްޗަށް އެކުށް ސާބިތުވެއްޖެއެވެ.

އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އުުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 އޮގަސްޓު 2022 ވަނަ ދުވަހުއެވެ.

ހޯމަ ދުވަހު ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެ އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ. ދައުވާއަށް އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް ނެތިކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ.

އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

Advertisement

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އެއީ ސައްޙަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން ދެފަރާތުން ވަނީ އަދަބާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ. އެގޮތުން ގާޒީ އަލީ އާދަމް ވަނީ ބުދަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން އޮންނާނެކަމަށް ވިދާޅުވެފައެވެ.

މާލޭގެ އެޕާޓްމެންޓެއްގައި އަލަމްގީރު ތަފާތު އެކި މީހުންނާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ މައްސަލައިގައި އަލަމްގީރުގެ އިތުރުންވެސް 3 މީހަކަށް އެ ދުވަހު ވަނީ ދައުވާ އުފުލާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު، އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ފުލުހެއްކަމަށްވާ އަބްދުއްރަހުމާނު ރަފީއުއެވެ.

މި މައްސަލައާ ގުޅިގެން ބައެއް ވުޒާރާތަކާއި، ތައުލީމި ދާއިރާ އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާ ފަދަ ޔުނިފޯމް އެޅި މުއައްސަސާތަކުގެ މީހުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް