Advertisement
ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 03:30
ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލުން
ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލައިފި
18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް ސިފައިންގެ ވަޒީފާއަށް އެދެވޭނެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާކަން އިއުލާންކޮށް އެމްއެންޑީއެފުން ނެރުނު އިއުލާނުގައި ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ވަޒީފާއަށް އެދެން ބޭނުންވާ ފަރާތްތަކަށް އެމްއެންޑީއެފް އަށް އީމެއިލް ކޮށްގެން ނުވަތަ މިނިސްޓްރީ އޮފް ޑިފެންސަށް ފޯމު ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ވަޒީފާއަށް އެދޭ މީހުން ވާން ޖެހޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެއްސަކަށް ކަމަށެވެ. އުމުރުފުރާ ބަލާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

ސިފައިންގެ ވަޒީފާއަށް އެދޭ މީހަކީ އެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހޭނެއެވެ. އަދި އަންހެނެއް ނަމަ 5 ފޫޓު 3 އިންޗި ހުންނަން ޖެހޭއިރު ފިރިހެނެއް ނަމަ 5 ފޫޓު 5 އިންޗި ހުންނަން ޖެހޭނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވާނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ވެސް ބަލާނެއެވެ. މި ވަޒީފާއަށް އެދޭއިރު ކުށުގެ ރެކޯޑު ވެސް ހުށަހަޅަން ޖެހޭނެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުންނާއި އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް