ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 19:59
އުނގޫފާރާއި އަލިފުށި ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-އެންއެސްސީ ބިގްމޭން (އައްޔަ)
އުނގޫފާރާއި އަލިފުށި ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-އެންއެސްސީ ބިގްމޭން (އައްޔަ)
އެމްޓީސީސީ ނޯތު ލީގު، ދެވަނަ ޑިވިޝަން
އަލިފުށި ބަލިކޮށް، އުނގޫފާރު ކުރިއަށް
ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ އުނގޫފާރު

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީގައި އަލިފުށި ބަލިކޮށް, އުނގޫފާރު ކުރިއަށް ޖެހިލައިފިއެވެ.

ރ.އަތޮޅުގެ ތިން ޓީމް ވާދަކުރާ ގްރޫޕްގައި އަލިފުށީގައި ކުޅުނު މެޗު އުނގޫފާރުން ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު 16 ވަނަ މިނިޓްގައި ޖެހީ އުޒްބަކިސްތާނު މިޑްފީލްޑަރު އުމަރްޖާނޯވް އަކްރޮރްއެވެ. މިނަތީޖާއާއިއެކު ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނުއިރު ހަތަރު ޕޮއިންޓާއިއެކު އެއްވަނައިގައި އޮތީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އުނގޫފާރެވެ. ދެވަނައިގައި އޮތީ އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ދުވާފަރެވެ. އެއީ ދެ މެޗުވެސް އެއްވަރުވެ ދެ ޕޮއިންޓާއި އެކުއެވެ. އަލިފުއްޓަށް ލިބެނީ ދެ މެޗުން އެއް ޕޮއިންޓެވެ.

ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް