ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 19:35
ތަސްމީނު މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ހަވާލުކުރައްވަނީ
ތަސްމީނު މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ހަވާލުކުރައްވަނީ
ރައީސް އޮފީސް
ތަސްމީނު ސަފީރުކަމަށް އައްޔަންކުރެއްވުން
އަޅުގަނޑަށް ރައީސް ކުރެއްވި އިތުބާރާއި ޔަޤީންކަމަށްޓަކައި ޝުކުރިއްޔާ: ތަސްމީން
މަޤާމަށް އައްޔަންވުމަކީ ލިބުނު ޝަރަފަކާއި ފަޚުރެއް

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އަޙްމަދު ތަސްމީން ޢަލީ ޝުކުރު އަދާކުރައްވައިފިއެވެ.

ތަސްމީން ކުރެއްވި ޓުވީޓެއްގައިވަނީ އޭނާގެ މައްޗަށް ކުރެއްވި އިތުބާރާ ޔަޤީންކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަޤާމަށް އައްޔަންވުމަކީ ލިބިވަޑައިގެންނެވި ޝަރަފަކާއި ފަހުރެއް ކަމަށް ވިދާޅުވިއެވެ.

އަޙްމަދު ތަސްމީން ޢަލީއަށް، ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި 25 އޮގަސްޓް ވަނަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަޙުމަދު ތަސްމީން ޢަލީ، މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް