Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 22:27
އަދީބުގެ  ގާނޫނީ ވަކީލު މޫސާ ސިރާޖު
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު
ރާއްޖެއެމްވީ
އަހުމަދު އަދީބު
އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު
އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ
އަދީބަށް ކެންސަރުގެ ނުރައްކާ އެބަ އޮތް
ކެންސަރު ޖެހިގެން އާއިލާގެ ބޭފުޅަކު ނިޔާވެފައިވޭ

 ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތު މީޑިއާއަށް އާންމު ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށް އޭނާގެ  ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ސިރާޖު ވިދާޅުވީ މިޑިއާގައި އަދީބުގެ ބޭސްފަރުވާގެ ވާހަކަ ދައްކަން ބޭނުމެއް ނުވާކަމަށާއި އެހެން ނަމަވެސް އަދީބަށް އެވާހަކަ ދައްކަން މަޖުބޫރުކަމަށެވެ.

އަދީބުގެ ފުރާނައަށް ނުރައްކާކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ 2016 ވަނަ އާހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުގައި ލޮލުގެ 3 ޓެސްޓު ހެދުމަށް ޑޮކްޓަރުން ރިކަމެންޑު ކުރިކަމަށެވެ. އެހެން ނަމަވެސް ހަދަންޖެހޭ ތިން ޓެސްޓުގެ ތެރެއިން އެއް ޓެސްޓު ހެދީ މިއަހަރުގައި ކަމަށާއި އަދީބަށް ގްލޮކޮމާ ޖެހިފައިވާކަމަށް ޑޮކްޓަރުން ލަފާ ދީފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ހަދަންޖެހޭ 3 ޓެސްޓުގެ ތެރެއިން 2 ޓެސްޓު ހެދެން އޮތީ ރާއްޖެއިން ބޭރުން ކަމަށެވެ.

"ޖެނުއަރީ 6 ވަނަ ދުވަހު ލޮލުގެ 3 ޓެސްޓް ހެދުމަށް ޑޮކްޓަރ ރިކޮމެންޑް ކުރި. އެހެން ނަމަވެސް އެތަނުން އެއްޓެސްޓު ހެދީ މިއަހަރުގައި.ޓެސްޓުތައް ހެދުމަށް ރިކޮމެންޑް ކުރުމުން 1 އަހަރާއި 4 މަސް ދުވަހުން ޓެސްޓް ހެދީ. އެޓެސްޓުން ކަށަވަރު ވީ އަދީބަށް ގްލޮކޮމާ ޖެހުނީ. އަދި އިންޓާނަލް އިންޓާނަލް ސިސްޓް ހުރިކަމަށް ޑޮކްޓަރ ބުނޭ.އެކަމާ ކެންސަރ ސްކްރީން ޓެސްޓު ހެދުމަށްވެސް ރިކޮމެންޑް ކޮށްފައިވަނީ. އެހެން ނަމަވެސް އަދިވެސް އެއްއަހަރު ވީނަމަވެސް ބޭރަށް ނުދޭ. އެ ޓެސްޓު ހެދެން އޮތީ ބޭރުން،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ  އަދީބަށް އިތުރު ފަރުވާ ދެވެން އޮތީ ރާއްޖޭން ބޭރުންކަމަށް ވިދާޅުވަނީ އޭނާ އެކަނި ވިދާޅުވާ އެއްޗެއް ނޫންކަމަށާއި ބޭރަށް ދިއުމަށް އިރުޝާދު ދިނީ ސަރުކާރުގެ ހޮސްޕިޓަލު އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަމަށްވުމުން ބޭރަށް ބޭސްފަރުވާ އަށް ދިއުމަށް ނުފޮނުވާންވީ ސަބަބެއް ނެތްކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ޖަލަށްލީފަހުން ދިމާވި ސިއްހީ މައްސަލަތަކެއްކަމަށް ސިރާޖު ވިދާޅުވިއެވެ.

"އަދީބުގެ އާއިލާގައި އެބަ ހުރި ސިސްޓް ކެންސަރަށް ބަދަލުވެގެން ބޭފުޅަކު ނިޔާވެސްވެފައި. އެހެންވީމާ، އަދީބަށް ފަރުވާ ނުދެވި ލަސްވެއްޖެ ނަމަ ޖަލުގެ ގޮޅީތެރޭގައި އޭނާ މަރުވާނެ." ސިރާޖު ވިދާޅުވިއެވެ. 

ސިރާޖު ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ވަކި ގައުމަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދީބާއި އާއިލާއިންވެސް ބޭނުންވަނީ ސަރުކާރުން ބޭނުންވާ ގައުމަކަށް ދިއުމަށްފަހު ފަރުވާ ކުރެވެން ހުރި ގައުމަކަށް ދިއުމަށް ފަހު އަވަހަށް ފަރުވާ ދިނުން ކަމަށެވެ.

ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތައް ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭނެ ކަމަށާއި އަދީބަށްވެސް އަސާސީ ހައްގު ކަމަށްވާ ބޭސްފަރުވާގެ ކަންކަން ލިބިދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް