Advertisement
ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 01:59
ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފެށުން
ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފެށުން
ކަރެކްޝަންސް
ޕްރިޒަން އޮފިސަރުން
ޕްރިޒަން އޮފިސަރުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފި
ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

އެމްސީއެސް އިން ބުނީ ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

ބޮޑީވޯރން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށާއި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުޤީޤުކުރަންޖެހޭ ޙާލަތުގައި، އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުޤީޤުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިންގ އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަަމަށް އެމްސީއެސް އިން ދެކެއެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަރ ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުވަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މުސްތަޤްބަލްގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް