ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 05:22
ދާންދޫ ކުނިގޮނޑުން ފެނުނު ކަށިގަނޑު
ދާންދޫ ކުނިގޮނޑުން ފެނުނު ކަށިގަނޑު
އެމްވީކްރައިސިސް
ދާންދޫ އިން ފެނުނު ކަށިގަނޑު
ދާންދޫ ކުނިގޮނޑުން ކަށިގަނޑެއް ފެނިއްޖެ
ކަށިގަނޑެއް ފެނިގެން ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި
އެއީ އިންސާނެއްގެ ކަށިގަނޑުކަން އަދި ޔަގީނެއް ނޫން

ގއ. ދާންދޫން ކުނިގޮނޑުން ކަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ ދާންދޫ ކުނިގޮނޑުން ކަށިގަނޑެއް ފެނިގެން ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން އެއީ ގިނަ ދުވަސް ވެފައިވާ ކަށިގަނޑެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ އިންސާނެއްގެ ކަށިގަނޑުކަން ނުވަތަ ނޫންކަން މިހާތަނަށް އައި އިރު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އަދި މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ އާއި ގުޅޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް