Advertisement
ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 17:43
އެމްޑީޕީ ޤައުމީ މަޖިލީހުގެ ތެރެއިން
އެމްޑީޕީ ޤައުމީ މަޖިލީހުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
ޕާޓީގެ ރައީސް އާއި ނައިބު ރައީސް އެއް ޓިކެޓެއްގައި ހޮވާގޮތަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި
ރައީސް އާއި ނައިބު ރައީސް އެއްޓިކެޓެއްގައި ހުށަހަޅާގޮތަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް
މިހާރު ޕާޓީގެ ރައީސް އައްޔަން ކުރާނީ ޕާޓީގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން
ޕާޓީގެ ނައިބު ރައީސް ކަނޑައަޅާނީ ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުމާއި އެކުގައި ޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅެއް

އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް ކަމަށް ހޮވޭ ބޭފުޅުން އެއް ޓިކެޓެއްގައި ހޮވާގޮތަށް ހަމަޖެއްސުމަށް ހުށަހަޅާ، އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމްއެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އެ އިސްލާހު އަނބުރާ ގެންދަވަން އަންވަރު ނިންމެވިކަން ކޮންގްރެސްގެ ރިޔާސަތުން ހާމަކޮށްފައި ވަނީ އެ އިސްލާހަށް ވޯޓަށް އެހުމަށް އިއުލާން ކުރި ފަހުންނެވެ.

Advertisement

އަންވަރު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވާނީ އެއް ޓިކެޓެއްގައި ވާދަކޮށްގެން ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ދައުރު ހަމަވުމުގެ ކުރިން، ޕާޓީގެ ނައިބު ރައީސްގެ މަޤާމު ހުސްވެއްޖެ ނަމަ އާ ބޭފުޅަކު އެ މަޤާމަށް އައްޔަން ކުރަން ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ހުށަހަޅުއްވަން ވާނެ ކަމަށާއި އެ ބޭފުޅަކީ ގައުމީ މަޖިލީހުގެ ރުހުމާއި އެކު އައްޔަން ކުރާ ފަރާތަކަށް ވާން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި ނައިބު ރައީސް އަކަށް ހުށަހަޅާ ބޭފުޅަކަށް ގައުމީ މަޖިލީހުން ރުހުން ނުލިބިއްޖެ ނަމަ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރަން ރުހުން ހޯދުމަށް، އެހެން ބޭފުޅެއްގެ ނަން ގައުމީ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެ ހުށަހެޅުން ގެންދިއުމާއި އެކު ދެން ފާސްވެގެން ދާނީ ކޮންގްރެސްގެ ރިޕޯޓުގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމަށް ކަނޑައަޅާފައިވާ ގޮތަށެވެ. އެހެންކަމުން މިހާރު ޕާޓީގެ ރައީސް އައްޔަން ކުރާނީ ޕާޓީގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި ނައިބަކަށް އައްޔަން ކުރާ ބޭފުޅަކީ ރައީސްކަން ލިބިވަޑައިގަންނަވާ ބޭފުޅަކު ގައުމީ މަޖިލީހުގެ ރުހުމާއި އެކު އައްޔަން ކުރައްވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް