ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 19:35
ކުރީގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
ކުރީގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
ކޮންގްރެސްގެ ސައްހަކަމާއި މެދު ސުވާލު އުފައްދާ އެމްޑީޕީގެ ޗެއާޕަރސަން އަށް ސިޓީ އެއް!
ކޮންގްރެސްގައި ބައިވެރިވުމުގެ ހައްޤު 1365 މީހުންނަށް ލިބޭ
އެ ސިޓީގައި ބުނެފައި ވަނީ ކޮންގްރެސްގައި ބައިވެރިވާ ބައެއް ގޮފިތަކުގެ ރައީސުންނަކީ ގަަވާއިދާއި އެއްގޮތަށް ހޮވިގެން ކޮންގްރެސްގައި ބައިވެރިވާ ބައެއް ނޫން ކަަމަށް

އެމްޑީޕީ 4 ވަނަ ކޮންގްރެސްގެ ސައްހަކަމާއި މެދު ސުވާލުއުފައްދާ އަމިއްލަ ފަރާތަކުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް ސިޓީ އެއް ފޮނުވައިފިއެވެ.

އެ ސިޓީ ހުށައަޅާފައި ވަނީ މުހައްމަދު އަރީފު ކިޔާ މީހެކެވެ. އެ ސިޓީގެ ކޮޕީ އެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ. ހުކުރު ދުވަހު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ކޮންގްރެސްގައި ބައިވެރިވާ ބައެއް ގޮފިތަކުގެ ރައީސުންނަކީ ގަަވާއިދާއި އެއްގޮތަށް ހޮވިގެން ކޮންގްރެސްގައި ބައިވެރިވާ ބައެއް ނޫން ކަަމަށް ބުނެފައެވެ. އަދި ބައެއް ގޮފިތަކުގެ އިންތިޚާބު ވެސް ބާއްވާފައި ނުވާ ކަަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

Advertisement

އެ ސިޓީގައި އެހެން ބުނި ނަމަވެސް އެމްޑީޕީ ކޮންގްރެސްގެ ޗެއަރ އިބްރާހިމް ވަހީދު ވަނީ ކޮންގްރެސްގެ ހުރިހާ ބައިވެރިންގެ ސައްހަކަން ކަށަވަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކޮންގްރެސް އަށް ބަދަލު އަންނަ ފަދަ ޝަކުވާ އެއް ހުށައަޅާފައި ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްޤު 1365 މީހުންނަށް ލިބިގެންވާ ކަމަށެވެ. ކޮންގްރެސްގައި ބައިވެރިވާ މީހުންނަށް ފާސްތައް ދޫކުރަމުން އަންނައިރު 1708 މީހުންގެ ތެރެއިން 900އަށް ވުރެ ގިނަ މީހުން އެހާތަނަށް ފާސް ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް