Advertisement
ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 19:15
މާރާމާރީ ހިންގިކަމުގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ 17:48 ހާއިރު
މާރާމާރީ ހިންގިކަމުގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ 17:48 ހާއިރު
ސިމާހާ ނަސީމް
މީޑިއާނެޓް އޮފީހަށްވަދެ ބަޔަކު މާރާމާރީ ހިންގުން
މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި
މާރާމާރީގައި އަނިޔާވި މީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި
މާރާމާރީ ހިންގާފައިވަނީ 4 ފިރިހެނުން

އޯކިޑްމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގިކަމުގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ 17:48 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވި މީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން މީޑިއާނެޓްގެ މުވައްޒަފަކު ބުނީ، އޮފީހުގެ އެތެރޭގައި ކޯލް ސެންޓަރުގެ ހުރިހާ މުވައްޒަފުން ތިބިކަމަށާއި، އޮފީސް ބައިގައި ތިބި ބައެއް މުވައްޒަފުން ހަޅޭއްލަވާ އަޑު އިވުނު ކަމަށެވެ. އެންމެ ފުރަތަމަ ހީކުރީ މުވައްޒަފުން ސަކަރާތްޖަހަނީ ކަމަށް ކަމަށާއި ބޭރަށް ނުކުމެ ބެލިއިރު ހަތަރުވަރަކަށް ފިރިހެނުން ތިބި ތަން ފެނުނުކަމަށެވެ.

Advertisement

އެމީހުން ވަތް ގޮތަށް މީޑިއާނެޓްގެ މުވައްޒަފުގެ ބޮލަށް ރެންޗެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ހަމަލާދިން ކަމަށާއި އޭރު އަނިޔާވި ކުއްޖާ އެތެރޭގެ ދޮރުން ވަންނަން އުޅުނު މަންޒަރު ފެނުނުކަމަށްވެސް އެ މުވައްޒަފު ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
18 އޯގަސްޓް 2022 | ބުރާސްފަތި 20:10
އަނިޔާ
އަނިޔާވެރިވުން ހަމަ ކުށްވެރިކުރަން. އެކަމު އެބަޖެހޭ ޕްރީމިއަރ ލީގް ކަހަލަ މުބާރާތް ދައްކަން އެހެން ބަޔަކަށްނުދީ ހިފަހައްޓައިގެން އުޅޭއިރު އެވަރު ސަރވިސްއެއް ދޭން.