Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 14:48
ކޯޑިނޭޓަރު މުއާޒު
ކޯޑިނޭޓަރު މުއާޒު
ގޫގުލް
ކޯޑިނޭޓަރު މުއާޒު ހައްޔަރުކުރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޑިނޭޓަރު މުއާޒު ހައްޔަރު ކޮށްފި
މުއާޒާއެކު ފަސްމީހަކު ހައްޔަރުކޮށްފައިވޭ
މުއާޒުގެ އިތުރުން ހައްޔަރު ކޮށްފައިވަނީ ދެ އަންހެނަކާއި ދެ ފިރިހެނުން

ނެޝެނަލް ސެންޓަ ފޯ ދި އާޓްސް( އެންސީއޭ)ގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މުއާޒު ހައްޔަރުކުރިން "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޮފިޝަލް ވިދާޅުވީ މުއާޒްގެ އިތުރުން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ތަނުން ހަތަރު ފުޅި ބަނގުރާ ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމީހުންގެ ބައްދުގެ މުއްދަތު އިތުރުކޮށްފައިވޭތޯ ސުވާލު ކުރުމުން، އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސީއޭގެ ކޯޑިނޭޓަރުގެ މަގާމަށް މުއާޒު އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެވެ. އޭގެފަހުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް، އަދީބާ ގުޅުން އޮންނަ ގިނަ ބަޔަކު ސަރުކާރުގެ މަގާމުތަކުން ވަކިކުރިއިރު މުއާޒު ވެސް އެދުވަސްވަރު ކޯޑިނޭޓަރުގެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް ދާދިފަހުން ހަމަ އެމަގާމަށް މުއާޒު ވަނީ އައްޔަން ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް