Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 13:19
އިސްމާއިލްގެ ޖަނާޒާ
އިސްމާއިލްގެ ޖަނާޒާ
ރާއްޖެއެމްވީ
އިއްސެގެ މަރު
އިހަވަންދޫގައި މަރާލި އިސްމާއިލް ވަޅުލައިފި
އިސްމާއިލް ވަޅުލާފައިވަނީ މެންދުރު ނަމާދަށްފަހު
ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ އިހަވަންދޫގައި
ޖަނާޒާގައި އާއިލާއިން ބައިވެރިވި

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރުގެ ހަށިގަނޑު ވަޅުލައިފިއެވެ.

ޅ. ހިންވަރު، އުމުރުން 54 އަހަރުގެ އިސްމާއީލްގެ ޖަނާޒާގައި، މި ވަގުތު އިހަވަންދޫ އަށް ގޮސް ތިބި އޭނާގެ އާއިލާގެ މީހުން ބައިވެރިވިއެވެ. ހުކުރު ދުވަހުގެ ރޭ ފެނުނު އިއްސެގެ ހަށިގަނޑު ފުލުހުންގެ ތަހްގީގުތަކަށް ފަހު އާއިލާއާ ހަވާލުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިސްމާއިލަކީ އިހަވަންދޫ އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އެ ޕްލާންޓް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަނީވެސް އޭނާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއިލްގެ ހަށިގަނޑުގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ފުން ޒަޚަމްތަކެއް ހުރިއިރު، އޭނާގެ ކަރުގައި އެއްޗެއް އައްސާފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ.

މި މައްސަލައިގައި މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވާއިރު، މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އިސްމާއިލާ އެކު އައިސްޕްލާންޓްގައި ހުރި ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ސުމަންއެވެ. އެނާ ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށިންނެވެ. މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ސުމަން އާއި ގާތް ގުމެއް އޮންނަ އޭނާގެ އެކުވެރި 4 ބިދޭސީއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް