Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 13:18
އައްޑޫއަށް އެތެރެކުރި މަސްތުވާތަކެތި
އައްޑޫއަށް އެތެރެކުރި މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
އައްޑޫ ސިޓީއަށް އެއް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޯޓުގެ ކޭޝިއަރ ހައްޔަރު ކޮށްފި
އޭނާގެ ހަވާލުގައި 976 ގްރާމް މަސްތުވާތަކެތި އައްޑޫއަށް އެތެރެކުރަން ވަނީ މަސައްކަތްކޮށްފަ

މާލެ އާއި އައްޑޫ ސިޓީއާ ދޭތެރޭ ދަތުރުކުރާ ބޯޓަކުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެބޯޓުގެ ކޭޝިއަރ ހައްޔަރު ކޮށްފި އެވެ.

 

ފުލުހުންގެ މީޑިއާއިން ބުނީ "ސައިމާ" ނަމަކަށްކިޔާ އެބޯޓްގެ ކޭޝިއަރު ހައްޔަރުކޮށްފައިވަނީ އައްޑޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އެނާގެ ބެލުމުގެ ދަށުން އެތެރެކުރަން އުޅުމުން ކަމަށެވެ.

 

ފުލުހުން ބުނީ އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި ފިލްމް ހުސްކުރި 16 ދަޅުގައި ހުރި 543 ގްރާމް މަސްތުވާތަކެތީގެ އިތުރުން ރަބަރު ޕެކެޓެއްގައި ތެރޭގައި ހުރި މަސްތުވާތަކެތީ ބަރުދަނުގައި 433 ގްރާމް ހުރި ކަމަށެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި އެތަކެތި އައްޑުއަށް އެތެރެކުރަން އުޅުނު ބޯޓުގެ ކޭޝިއަރު ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް