ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 05:03
ހިނގާފައި ދިޔަ މީހެއްގެ ކަރުގައި އޮތް ފަށް ފޭރިގަންނަނީ
ހިނގާފައި ދިޔަ މީހެއްގެ ކަރުގައި އޮތް ފަށް ފޭރިގަންނަނީ
އެމްވީކްރައިސިސް
ރަން ފަށް ފޭރުނު މައްސަލަ
ރަން ފަށް ފޭރުނު މައްސަލައިގައި އެކަކު ހައްޔަރުކޮށް ފަށް ހޯދައިފި
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފަށް ހޯދާފައިވަނީ ރަން ހަދާ ތާކަށް ވިއްކާލާފައިވަނިކޮށް ކަމަށް
ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައި

މަގުމަތީގައި ބިދޭސީ އަންހެނަކު ހިނގާފައި ދަނިކޮށް އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށް އެ ފަށް ހޯދައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ދިލްބަހާރުމަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެން މީހާގެ ކަރުގައި އަޅާފައި އޮތް ރަން ފަށް ފޭރުނު މައްސަލައިގައި ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފަށް ހޯދާފައިވަނީ ރަން ހަދާ ތާކަށް ވިއްކާލާފައިވަނިކޮށް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

އަންހެނެއްގެ ކަރުން ފަށް ފޭރި ގަންނަ ވީޑިއޯ ސޯޝަލް މީޑިޔާގައި އާންމުވުމާއެކު ފަށް ފޭރުނު ދެ މީހުންގެ ވަނަވަރު އާންމުން ވަނީ ސޯޝަލް މީޑިޔާގައި އާންމުކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދިލްބަހާރު މަގުން އެ އަންހެންމީހާ ހިނގާފައި ދަނިކޮށް ސައިކަލުގައި އައި ދެމީހުން އަންހެން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަނެއެވެ. ވީޑިއޯއިން ސައިކަލުގައި ތިބި ދެމީހުންގެ މޫނު ރީއްޗަށް ފެންނަންހުރެއެވެ. ފަށް ޖަހައިގަތުމުން އަންހެން މީހާ ހުރީ ހުއްޓުން އަރާފައިކަން ވީޑިއޯއިން ސާފުކޮށް ފެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް