Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 11:12
މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު (އިއްސެ)
މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު (އިއްސެ)
ރާއްޖެއެމްވީ
އިއްސެގެ މަރު
އިއްސެގެ މަރުގެ މައްސަލައިގައި އިތުރު 4 ބިދޭސީން ހައްޔަރުކޮށްފި
އިއްސެ އަކީ އިހަވަންދޫ އައިސްޕްލާންޓް ބަލަހައްޓާ ފަރާތް
މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ އައިސްޕްލާންޓްގައި މަސައްކަތްކުރާ މީހެއް
މިހާތަނަށް 5 ބިދޭސީން ވަނީ ހައްޔަރުކޮށްފަ

ހުކުރު ދުވަހުގެ ހަވީރު ޒަޚަމްތަކާއި އެއްކޮށް މަރަލާފައި އޮއްވާ ފެނިފައިވާ ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު (އިއްސެ) ،54، ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު 4 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި މީހުން ހައްޔަރުކުރުމާއި އެކު މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މި 5 މީހުންނަކީވެސް ބިދޭސީންނެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ އިއްސެއާއިއެކު އިހަވަންދޫ އައިސްޕްލާންޓްގައި މަސައްކަތްކުރަމުންދާ ބަންގާޅު ރައްޔިތެކެވެ.  

އިއްސެއަކީ އިހަވަންދޫ އައިސްޕްލާންޓްގައި މެކޭނިނެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އެ ޕްލާންޓް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަނީވެސް އިއްސެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްސެގެ ހަށިގަނޑުގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ފުން ޒަޚަމްތަކެއް ހުރިއިރު، އޭނާގެ ކަރުގައި އެއްޗެއް އައްސާފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރިންސިކް ދެޓީމެއް މިހާރު އިހަވަންދޫއަށް ގޮސް އައިސްޕްލާންޓު ހުރި އިމާރާތުގައި ހަރަކާތްތެރި ވަމުންދާއިރު، އައިސްޕްލާންޓު ހުންނަ އިމާރާތް ވަށައިގެން ފުލުހުން ވަނީ ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް