Advertisement
ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 06:52
އެމްއޭސީއެލްގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު
އެމްއޭސީއެލްގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު
އެމްއޭސީއެލް
އެމްއޭސީއެލުން ބޯނަސް ދިނުން
އެމްއޭސީއެލްގެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ
މި މަހުގެ 18 ގެ ކުރިން ބޯނަސް ޖަމާ ކުރާނެ ކަމަށް ވަނީ ބުނެފައި
އެމްއޭސީއެލް އިން އެންމެ ފަހުން ބޯނަސް ބެހީ 2019 ވަނަ އަހަރު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބޯނަސްގެ ގޮތުގައި މުވައްޒަފަކަށް 25،000 ރުފިޔާ ބަހަން ނިންމައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފަކު "ރާއްޖެ އެމްވީ" އަށް ބުނީ އެޗްއާރުން ނެރެފައިވާ ސަރކިއުލާއެއްގައި އެކަން އިއުލާން ކޮށްފައިވާ ކަަމަށެވެ. މި ފައިސާ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ޖަމާވާނެ ކަމަށް ވެސް އެ ސަރކިއުލާގައި ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެމްއޭސީއެލް އިން ބޯނަސްގެ ގޮތުގައި ދެނީ 2021 ވަނަ އަހަރުގެ ބޯނަސްއެވެ. މިއީ އެ ކުންފުނިން ބޯނަސް ނުދޭތާ 2 އަހަރުގެ މެދުކެނޑުމަކަށްފަހު ބޯނަސްދޭ ފުރަތަމަ ފަހަރެވެ. އެގޮތުން، އެންމެ ފަހުން އެ ކުފުނިން ދީފައިވަނީ 2018 ވަނަ އަހަރުގެ ބޯނަސްއެވެ.

Advertisement

އެ ކުންފުނިން ބޯނަސްގެ ގޮތުގައި އެންމެފަހުން މުވައްޒަފަކަށް ދީފައިވަނީ 7،879.79 ރުފިޔާއެވެ. މިފަހަރު އެ ކުންފުނިން ބަހަން ނިންމާފައިވާ އަދަދަކީ ކުރިއާ އަޅާ ބަލާއިރު ތިން ގުނަ އިތުރުވުމެކެވެ.

މި ބޯނަސް ލިބޭނީ މިދިޔަ އަހަރު އެމްއޭސީއެލްގައި މަދުވެގެން ހަ މަސް ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށާއި އެ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުންނަށެވެ. މި މުވައްޒަފުންނަށް ބޯނަސް ދޭނީ ވަޒީފާގައި ހޭދަ ކުރި މުއްދަތަށް ބަލާފައެވެ.

އެމްއޭސީއެލް އިން ބޯނަސް ދިނުން 2019ވަނަ އަހަރުން ފެށިގެން މެދުކަނޑާލީ ކޮވިޑް-19އާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް