Advertisement
ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 21:38
ބައި އިލެކްޝަންގެ ވޯޓުލުން
ބައި އިލެކްޝަންގެ ވޯޓުލުން
އިލެކްޝަންސް ކޮމިޝަން
ދިއްގަރާއި ގާދިއްފުށީ ބައި އިލެކްޝަން
ދިއްގަރާއި ގާދިއްފުށީގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި
ދެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީން

ތ. ގާދިއްފުއްޓާއި މ. ދިއްގަރު ރަށު ކައުންސިލްގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާއަށް ބަލާއިރު، ތ. ގާދިއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި ޕީޕީއެމް ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. އެއިންތިޚާބުގައި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓް ޒުލައިޚާ އަހުމަދަށް ލިބިފައިވަނީ 210 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރި ފާތިމަތު މަލްދާއަށް ލިބިފައިވަނީ 4 ވޯޓެވެ.

މ. ދިއްގަރު ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ އާރިފަށް ލިބިފައިވަނީ 375 ވޯޓެވެ. ޕިޕީއެމް ކެންޑިޑޭޓް އަބްދުލްހަންނާން އަހުމަދަށް ލިބިފައިވަނީ 320 ވޯޓެވެ.

Advertisement

ދިއްގަރު ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރައްވައި، ހޮވިވަޑައިގަތް އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާދިއްފުށީ ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލްގައި އިންނެވި އެމްޑީޕީ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް