Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 21:02
ޔުމްނާ މައުމޫނު
ޔުމްނާ މައުމޫނު
މުހައްމަދު ޝަރުހާން
ޕީޕީއެމް އެތެރޭގެ ކޯޅުން
ރައީސް މައުމޫނަށް އަމާޒު ކޮށް އަބްދުއްރަހީމް އެއްލެވި ގާގަނޑު އަނބުރާ އައިކޮޅަށް ޔުމްނާ ފޮނުއްވާލައްވައިފި!
"ކެޔޮޅު ބަދަލު ކުރީމާ ދެން އޮޑިޔަކާ ކެޔޮޅަކަށް ނުބެހެވޭނެ" އަބްދުއްރަހީމް
"މަނިކުފާނަކީ އާއްމު މެމްބަރުން އިންތިޚާބު ކުރި ނައިބު ރައީސެއްތޯ"؟ ޔުމްނާ
ރައީސް މައުމޫނު ދެކެވަޑައިގަންނަވަނީ ޕާޓީގެ ލީޑަރަކީ އަދިވެސް އެމަނިކުފާނު ކަމަށް

ކެޔޮޅު ކަމުނުގޮސްގެން އޮޑިވެރިފަރާތުން ކެޔޮޅު ބޭލީމާ ދެން އެ އޮޑީގެ ކަންކަމާ ބެހުމުގެ ހައްގެއް އޮޑިން ބޭލި ކެޔޮޅަށް ނޯންނާނެ ކަމަށް ޓްވިޓަރ ގައި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކައަކަށް ޔުމްނާ މައުމޫނު ހޫނު ރައްދެއް ދެއްވައިފިއެވެ.

 

ސީދާ ރައީސް މައުމޫނުގެ ނަންފުޅު ބޭނުން ނުކުރެއްވި ނަމަވެސް އަބްދުއްރަހީމް ގެ މިވާހަކަފުޅަކީ ރައީސް މައުމޫނަށް އަމާޒުކޮށް އެއްލެވި ގާގަނޑެއް ކަމަށް ބެލެވެއެވެ. އެގޮތުން އޭނާ އެ ވިދާޅުވީ ރައީސް މައުމޫނު ޕީޕީއެމް އިން ދުރުކުރިވާހަކަ ކަމަށާއި ޕާޓީގެ ކަންކަމާ ރައީސް މައުމޫނަށް ބެހިވަޑައި ނުގެންނެވޭ ވާހަކަ ކަމަށްވެސް ބެލެވެއެވެ.

އަބްދުއްރަހީމްގެ މިވާހަކައަށް ރައްދު ދެއްވާ، ސޯޝަލް މީޑިއާގައި ހަރާކާތްތެރި، ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވީ، 2013 ވަނަ އަހަރުގެ ގައުމީ ޖަލްސާއިން ފަސް އަހަރަށް ޕީޕީއެމްގެ ރައީސް ކަމަށް މެމްބަރުން އިންތިޚާބު ކުރެއްވީ ރައީސް މައުމޫނު ކަމަށެވެ. އެގޮތުން ޔުމްނާ މާނަ ކުރެއްވީ ހިނގަމުން މިދަނީ އެ ފަސް އަހަރުގެ ދުވަސްތައް ކަމުން އާއްމު މެމްބަރުން އިންތިޚާބު ކޮށްފައިވާ ފަދައިން އަދިވެސް ޕާޓީގެ ލީޑަރަކީ ރައީސް މައުމޫނު ކަމުގައެވެ.

އޭގެ އިތުރުން ގައުމީ ޖަލްސާއިން ނައިބް ރައީސް ކަމަށް މެމްބަރުން މަނިކުފާނު އިންތިޚާބު ކުރެއްވިތޯވެސް ޔުމްނާ މައުމޫނު ވަނީ އަބްދުއްރަހީމަށް ސުވާލު ކުރައްވާފައެވެ.

 

 

ރާއްޖޭން ބޭރުގައި ތިން މަހެއްހާ ދުވަސް ހޭދަކުރެއްވުމަށް ފަހު ރައީސް މައުމޫނު ހުސްވި ހަފްތާގެ ބުރާސްފަތި ވިލޭރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ އިންތިޚާބީ ރައީސަކީ މައުމޫނު ކަމަށް އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ވިދާޅުވަމުން ގެންދެވި ނަމަވެސް، ކޯޓުން ކުރި ހުކުމް ތަކަކާއެކު ރައީސް މައުމޫނު ވަނީ ޕާޓީން އެކަހެރިކޮށް ޕާޓީގައި އޮތް އެމަނިކުފާނުގެ ބާރު ކަނޑުވާލާފައެވެ.

ރައީސް މައުމޫނުގެ ބާރުތައް ޕީޕީއެމް އިން ނިގުޅައިގަތުމަށްފަހު ޕާޓީގެ ވެރިކަން ކުރައްވަމުން ގެންދަވަނީ ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު އަދި ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީން ޕާޓީ ކޮންޓްރޯލް ކުރެއްވުމުގެ ގޮތުން ޕާޓީއަށް އިސްކުރެއްވި ނައިބު ލީޑަރުންގެ ތެރޭގައި އަބްދުއްރަހީމް ހިމެނިވަޑައިގަންނަވައެވެ. އެ ގޮތުން އަބްދުއްރަހީމް ހިމެނިވަޑައިގެންފައިވަނީ، ޔުމްނާ އިޝާރާތް ކުރެއްވި ގޮތައް އާއްމު މެމްބަރުންގެ ވޯޓެއް ނެތި ޕީޕީއެމްގެ މަތި ފަޑީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

އަބްދުއްރަހީމަކީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކުރިން އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ބާރުތަކާއެކު، ކޮޅު ބަދަލު ކުރައްވާ މިހާރު އަބްދުއް ރަހީމް ވެފައިވަނީ ރައީސް މައުމޫން ނިކަމެތި ކުރައްވާ އެމަނިކުފާނަށް އެކިފާޑުފާޑުގެ ފާޑުކިޔުންތައް ތަކުރާރު ކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
17 ޖޫން 2017 | ހޮނިހިރު 11:20
ޢާދަނު
ބަލަ މިހިރަ ބުރާޏްޗާ!! އޮޑި ބަނީވެސް ހަމަ އެ ކެޔޮނުކަން ނޭންގެނީ ދެއްތޯ!! ދެން އޮޑިން ކެޔޮޅު ބާލާނެ ގޮތެއް ނޭނގެ.
16 ޖޫން 2017 | ހުކުރު 23:40
ހައްވަ
ކެޔޮޅު އޮޑި ބަނދެ ބޭލިއިރު ޕީއޭ ކިޔާ ބޮއްކުރައެއްގައި އުޅެފައި ގަދަކަމުން އޮޑިއަށް އަރާ ހުރި ސިއްރު ކަންތައްކުރާ މީހަކު މޮޅު ބުނަން ފެށީމާ އަހަރުމެން އަންނަނީ އަމަށަކު ހިންޏެއް ނޫން! ހައް ހައްހާ
16 ޖޫން 2017 | ހުކުރު 22:17
ޙުސޭނު
ރައްޔިތުން އޮޑިއަށް ނޭރުވި ވަަގަކު ކޮން ކެޔޮޅޭ ކެޔޮޅޭ ކިޔާކަށް