Advertisement
ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 17:53
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ހެކި ބަސްދޭން ތިބި މީހުންނަށް ބިރުދެއްކުން
ހެކި ބަސްދޭން ތިބި މީހުންނަށް ބިރުދައްކަވައި ނުފޫޒު ފޯރުއްވާތީ ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިއްޖެ
މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރައްވައިގެން ބިރުދެއްކުމުގެ އަމަލުތައް ސީދާ ރައީސް ޔާމީން ހިންގަވަމުންގެންދަވާ

ވ. އާރަށް ކުއްޔަށްދިނުމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހެކި ބަސްދޭން ތިބި މީހުންނަށް ބިރުދައްކަވައި ނުފޫޒު ފޯރުއްވާތީ، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އެދިއްޖެއެވެ.

މޯލްޑިވްސް ލީގަލް ބިއުރޯ (އެލްއެލްޕީ)ން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ބުދަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ހެތްކަށް ނުފޫޒު ފޯރުއްވުމުގެ ގޮތުން ތަފާތު އެކި ގޮތްގޮތުން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް މީހުންނާ ދެކޮޅަށް އެމީހުން ދިރިއުޅޭ ގައުމުތަކުގައި ފިއްތުންތައް ކުރިމަތިކޮށް، އަސޭލަމް ކެންސަލްކުރުމުގެ ގޮތުން އެ ގައުމުތަކުގައި ހުރި ލޯފަރމްތައް މެދުވެރިކޮށް، ތަފާތު ބާވަތްތަކުގެ ފިއްތުންތައް ކުރިމަތިކުރުވަމުންދާކަމަށެވެ.

މީގެއިތުރުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރައްވައިގެން ބިރުދެއްކުމުގެ އަމަލުތައް ސީދާ ރައީސް ޔާމީން ހިންގަވަމުން ގެންދަވާކަމަށް ތުހުމަތުކުރައްވައި އެލްއެލްޕީން ބުނެފައިވަނީ، މިފަދައިން ހެކިބަސް ދޭން ހުރި މީހަކަށް ބިރުދައްކައި ނުފޫޒު ފޯރުވުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށެވެ. އެހެންކަމުން އެ ގާނޫނަށް ރިޔާއަތްކޮށް ރައީސް ޔާމީނާމެދު އަވަސް ފިޔަވަޅެއް އެޅުމަށް ވަނީ އެދިފައެވެ.

Advertisement

އަދި ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސަވާފައިވާ ބައްދަލުވުމަކީ ވެސް ޝަރީއަތަށް ގޮންޖަހައި، ހެއްކަށް ނުފޫޒު ފޯރުވުމަށް ބާއްވާ ބައްލުވުމެއްކަމަށް މޯލްޑިވްސް ލީގަލް ބިއުރޯގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމަށްޓަކައި މުހައްމަދު ހުސައިން (އޮއިއްޓޭ)، ވެސް ވަނީ ހާޒިރުކޮށްފައެވެ. އޭނާ ހާޒިރުކުރީ ލަންޑަން ހައިކޮމިޝަން މެދުވެރިކޮށެވެ. އަދި ރައީސް ޔާމީނުގެ ގާތް އެކުވެރިއެއްގެ ގޮތުގައި އުޅުއްވި އަހުމަދު ނާޒިމްވެސް އެމަނިކުފާނާ ދެކޮޅަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހެކިބަސް ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
11 އޯގަސްޓް 2022 | ބުރާސްފަތި 19:17
ޢަހަންމާ ޢަހަންމާ
ތިހެނެއް ތިކަމެއް ނުވާނެ އިދިކޮޅު ކެންޑިޑޭޓާއި ކުޅެން ނަހަދާ .ނަތީޖާ ވަރަށް ހިތިވާނެ.
11 އޯގަސްޓް 2022 | ބުރާސްފަތި 18:12
މުންތި
ދެވަނަ މައްސަލައިގެ ޙުކުމާ ހަމައަށް ނުދަނީސް ތިކަން ވިސްނުނުކަން ކިތަންމެހާވެސް ރަނގަޅު. ތި މައްސަލަ ބަލަން ފެށުމުގެ ކުރިންވެސް އޭނަ ހައްޔަރު ކުރަންޖެހޭ.