ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 15:40
މިއަހަރު އޮތް އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން
މިއަހަރު އޮތް އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން
ރާއްޖެއެމްވީ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައި
މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 11ން 15ގެ ނިޔަލަށް

މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ, ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 11ން 15ގެ ނިޔަލަށެވެ. ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތް ހިންގި ނަމަވެސް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ފަސް އުމުރުފުރާއަކުން އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ އެތުލީޓުން ވާދަކުރާނެއެވެ. އެއީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

މި މުބާރާތް ރާވައި ހިންގުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް