ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 19:10
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ސޯޝަލް މީޑިއާ
އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގުން
އަލަމްގީރު އާއިއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ޕާސްޕޯޓް ހިފެހެއްޓި މީހުންގެ އަދަދު 18އަށް
ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް މިދިޔަ މަރޗް މަހު ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި

ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރު އާއިއެކު ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާއި ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ. މާލޭގެ އެޕާޓްމެންޓެއްގައި އަލަމްގީރު ތަފާތު އެކި މީހުންނާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލްމީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް މިދިޔަ މަރޗް މަހު ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި މައްސަލަތަކާއި ގުޅިގެން އަލަމްގީރު ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

މިމައްސަލައިގައި އެންމެ ފުރަތަމަ ދައުރުވާން ފެށި ވީޑިއޯތަކުގައި ފެންނަ މީހުން ހައްޔަރުކޮށް ބައެއް މީހުންގެ ޕާސްޕޯޓް ވަނީ މީގެކުރިން ހިފަހައްޓާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު(ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު، އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

Advertisement

މި މައްސަލަ އާއި ގުޅިގެން ބައެއް ވުޒާރާތަކާއި، ތައުލީމި ދާއިރާ އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާ ފަދަ ޔުނިފޯމް އެޅި މުއައްސަސާތަކުގެ މީހުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރުން ލަސްވެގެން ފުލުހުންނަށް އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ލީކްވި ވީޑިއޯތަކުގައި ފެންނަކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ވަގުތު ނެގީ ބައެއް ފަރާތްތަކުން އެޑިޓްކޮށްގެން ފޮޓޯތައް ދައުރު ކުރަމުން ގޮސްފައިވާތީ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް