Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 08:39
ނީލަން ފިހާރައިގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރި ވަނީ
ނީލަން ފިހާރައިގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި
އަލިފާން ރޯވީ 7:00 ހާއިރު
ރޯވި ސަބަބެއް ނޭނގޭ
މީހަކަށް ގެއްލުމެއް ނުލިބޭ

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

 

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 07:00 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު އަލިފާން ނިއްވަން ބޭނުންކުރާ ސާމާނާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ އެސަރަހައްދަށްގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.

 

ފަޔަރ ފައިޓަރުންގެ މަސައްްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ 07:36 ހާއިރުއެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާން ނިއްވާލުމަށް  އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރި ވަނީ

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެތަނުގައި ހުރި ލަކުޑިތަކެއްގައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ހާނިއްކައެއް ލިބިފައެއް ނުވެއެވެ.

 

 އެމްއެންޑީއެފުން ބުނީ މި މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް