ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 08:10
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އަމީނިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތު
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އަމީނިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
ދިރާސީ އައު އަހަރު ފެށުން
އަމާޒަކީ ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ގެންދާނެ އިލްމީ ނެވިންތަކެއް އުފެއްދުން: ރައީސް
ތައުލީމީ ދާއިރާގައި ދަރިވަރުން ދެއްކި ހިތްވަރާއި ނަމޫނާ ފާހަގަ ކުރެއްވި
ތައުލީމީ ދާއިރާއަށް ކުރާ ހޭދައިގެ ނަތީޖާ މިހާރުވެސް ފެންނަމުންދޭ
ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ގެންދާނެ އިލްމީ ނެވިންތަކެއް އުފެއްދުމަކީ އަމާޒު

އަމާޒަކީ ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ގެންދާނެ އިލްމީ ނެވިންތަކެއް އުފެއްދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އަމީނިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ދިރާސީ އައު އަހަރު ފެށޭ ދުވަހަކީ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. ކުރިމަގަށްޓަކައި ދަރިވަރުން ކުރާ އުއްމީދުގެ އުޖާލާކަން މި ދުވަހު ފެނިގެންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދަރިވަރުންގެ އުއްމީދުތައް ޙަގީގަތަކަށް ހެދުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ގެންދާނެ އިލްމީ ނެވިންތަކެއް އުފެއްދުމަކީ އަމާޒު ކަމަށެވެ. ކޮންމެ ދަރިވަރަކީވެސް ޤައުމަށް ބޭނުންތެރި އަދި ޤައުމަށް ޚިދުމަތް ކޮށްދޭނެ ދަރިވަރަކަށް ވާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ފާއިތުވި 2 އަހަރު ދިމާވި ކޮވިޑުގެ ޙާލަތަށް އަލިއަޅުވާލައްވާ ރައީސް ވަނީ އެ ޙާލަތުގައި ތައުލީމީ ދާއިރާގައި ދަރިވަރުން ދެއްކި ހިތްވަރާއި ނަމޫނާ ފާހަގަ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ސުކޫލަށް ހާޒިރުވެ ކިޔެވުމުގައި އަޙްލާޤީ ރިވެތި ސިފަތައް ދަސް ކުރުމާއި، ދުޅަހެޔޮ ޒިންމާދާރު ދަރިންތަކަކަށްވުމަކީވެސް މަޤްސަދަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ކަންކަމުގައި އިސްނެގުމާއި، ހުރިހާ ޙާލަތެއްގައިވެސް ކިޔެވުމަށް އިސްކަން ދިނުމާއި، ދިރިއުޅެން ދަސްކުރުމަކީ ކުރަންޖެހޭ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ތިމާވެށި ހިމާޔަތް ކުރުމަކީ އަހަންމިއްޔަތުކަން ދޭންޖެހޭ ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު، އިޤްތިސާދު ކުރުމުގެ އާދަވެސް ގައިގައި އަށަގަންނުވަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ކަންކަމަކީ ސުކޫލު މާހައުލުގައިވެސް އުނގަންނަައިދޭނެ، އަދި ދިރިއުޅުމުގެ މާހައުލުގައިވެސް ދަސްވާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިސްލާމީ ރިވެތި އަޙްލާޤުގައި ދެމިތިބުމަށް ދަރިވަރުންނަަށް ހަނދުމަ ކޮށްދެއްވާފައެވެ.

އޭގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެކުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ. އެފަދަ ކަންކަމުގައި ދަރިވަރުންނަށް ނަމޫނާ ދެއްކެވުމަށް ޓީޗަރުންނާއި ބެލެނިވެރިންނަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން ތައުލީމީ ދާއިރާއަށް ކުރާ ހޭދައިގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ދިރާސީ އައު އަހަރު ގައި 271 ސުކޫލެއްގައި ކިޔެވުން ފަށާއިރު، 92،000ށް ވުރެ ގިނަ ދަރިވަރުން މިވަނީ ދިރާސީ އައު އަހަރުގެ ކިިޔެވުން ފަށާފައެވެ. ރައީސް ވިދާޅުވާ ގޮތުގައި އޭގެ ތެރެއިން 217 ސުކޫލަކީ ސަރުކާރު ސުކޫލުތަކެވެ. އެ ސުކޫލުތަކުގައި 70،000ށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ޙާސިލު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް