ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 07:43
ބެންޓެކޭ ޕްރިމިއަރ ލީގެއް ފެށުމުގެކުރިން: ފޮޓޯ-ބެންޓެކޭ ޓްވިޓަރ
ބެންޓެކޭ ޕްރިމިއަރ ލީގެއް ފެށުމުގެކުރިން: ފޮޓޯ-ބެންޓެކޭ ޓްވިޓަރ
ބެންޓެކޭ ޑީސީ ޔުނައިޓެޑަށް
ބެންޓެކޭ ރޫނީގެ ޑީސީ ޔުނައިޓެޑަށް
ބެންޓެކޭ ސޮއިކުރީ ދެއަހަރާއި ބައިގެ އެއްބަސްވުމެއްގައި

ބެލްޖިއަމްގެ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ހަވާލުވި ޑީސީ ޔުނައިޓެޑަށް ބެންޓެކޭ ބަދަލުވީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. 31 އަހަރުގެ ފޯވާޑް އެމެރިކާ ލީގަށް ބަދަލުވީ ޕްރިމިއަރ ލީގުގެ ކްރިސްޓަލް ޕެލަސްއަށް ކުޅުމަށްފަހުއެވެ. ޕްރިމިއަރ ލީގުގައި ބެންޓެކޭ ދިހަ ސީޒަން ކުޅުނެވެ. އޭގެތެރޭގައި ކްރިސްޓަލް ޕެލެސްގެ އިތުރުން އެސްޓަން ވިލާއާއި ލިވަޕޫލް ހިމެނެއެވެ.

ބެންޓެކޭ ސޮއިކުރުމުން ކޯޗު ރޫނީ ބުނީ އެއީ ދިގު މުއްދަތަކަށް މަތީ ލެވެލްގައި ކުޅެފައިވާ "ޓޮޕް" ކުޅުންތެރިއެއްކަމަށެވެ. ބެންޓެކޭގެ ތަޖުރިބާއާއި ގޯލް ޖެހުމުގެ ހުނަރުން ޑީސީ ޔުނައިޓެޑަށް ފައިދާ ކުރާނެކަމަށް، ކުރިއަށް އޮތް ސީޒަނަށް ޓީމާ ހަވާލުވި ރޫނީ ބުންޏެވެ. ބެންޓެކޭ ވަނީ ޕްރިމިއަރ ލީގުގައި ކުޅުނު 280 މެޗުން 86 ގޯލް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް