ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 13:45
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑިއޯގައި ފެންނަ ކޮޓަރިި
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑިއޯގައި ފެންނަ ކޮޓަރިި
ސޯޝަލްމީޑިއާ
އެއްޖިންސުން ގުޅުން ހިންގުން
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ޓީޗަރަކު ސަސްޕެންޑްކޮށްފި
މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވޭ ޓީޗަރަކު ސަސްޕެންޑްކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޓީޗަރަކު ސަސްޕެންޑްކޮށްފައި މިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށެވެ.

ކުރިން ލީކުވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެއިތުރުން ފުލުހުންނަށް ހުށައެޅިފައިވާ ބްލެކްމެއިލިންގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރުން ލަސްވެގެން ފުލުހުންނަށް އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ލީކްވި ވީޑިއޯތަކުގައި ފެންނަ ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ވަގުތުނެގީ ބައެއް ފަރާތްތަކުން އެޑިޓްކޮށްގެން ފޮޓޯތައް ދައުރުކުރަމުން ގޮސްފައިވާތީ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް