ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 12:01
އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު)
އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު)
މިހާރު
ހައިވަކަރު އަހުމަދުފުޅު
ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ
 
އަވަހާރަވީ އުމުރުފުޅުން 89 އަހަރުގައި

އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) ހުކުރު ދުވަހުގެ ހެނދުނު އަވަހާރަވެއްޖެއެވެ.

އަހުމަދުފުޅު އަވަހާރަވީ އުމުރުފުޅުން 89 އަހަރުގައި އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ.

އަހްމަދުފުޅުގެ މައްޗަށް ކުރެބޭ ކަށުނަމާދު އޮތީ ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު މަސްޖިދު ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އިހުގެ ތަރިއެއް ކަމަށްވާ އަދި ސިފައިންގޭގައި ޚިދުމަތް ކުރައްވާ ފަހުން އަތޮޅުވެރިކަން ވެސް ކުރެއްވި އަހުމަދުފުޅަކީ، ރައީސް މުހައްމަދު އަމީނުގެ ދައުރުގައި، ރާއްޖެ ގެނައި ފުރަތަމަ ފުޓްބޯޅަ ކޯޗު ސްރީ ލަންކާގެ މައިކަލް ޑި ސިލްވާގެ ތަމްރީނުތަކުގައި ބައިވެރިކުރަން މަޖީދިއްޔާ ސްކޫލުން ހޮވި ދަރިވަރުންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ. އޭނާވީ ގޯލްކީޕަރަކަށެވެ. އަހުމަދުފުޅު ވަނީ އޭރު އަލަށް އުފެދުނު މައްޗަންގޮޅީ ކްލަބަށް ވެސް ކުޅުއްވާފައެވެ.

ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ގައުމީ ޓީމު، ހުރިހާ ކްލަބަކުން ހޮވި މޮޅު ކުޅުންތެރިން ހިމެނޭ އެއްވަނަ 11 ޓީމަށް ވެސް އޭނާ ކުޅުއްވިއެވެ.

މިނޫންވެސް ގިނަ ޚިދުމަތްތަކެއް ރާއްޖެއަށް ކުރެއްވި އަހުމަދުފުޅަކީ ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ގެ ބައްޕާފުޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
50%
0%
0%
0%
ކޮމެންޓް