Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 08:33
އެކްސިޑެންޓުގައި މަރުވި މުހައްމަދު ލީވާން
އެކްސިޑެންޓުގައި މަރުވި މުހައްމަދު ލީވާން
އެކްސިޑެންޓުގައި ޒުވާނަކު މަރުވުން
މާލޭގައި ހިނގި އެކްސިންޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާ މަރުވެއްޖެ
މަރުވީ 21 އަަހަރުގެ މުހައްމަދު ލީވާން
އޭނާ މަރުވީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތު ފަރުވާ ދެމުން ދަނިކޮށް
ހުކުރު ވިލޭރޭ ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނެއް ވެސް ވަނީ މަރުވެފައި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެެއެވެ.

މިއެކްސިޑެންޓުގައި މަރުވީ 21 އަަހަރުގެ މުހައްމަދު ލީވާން އެވެ. މި ޒުވާނާ މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށްށެވެ.

Advertisement

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވީ މިޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް އާދިއްތަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު މަރުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ 4 ސެޕްޓެންބަރު 2024 ވީ ބުދަ ދުވަހުގެ ރޭ 00:53 ހާއިރުއެވެ. ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީ ކާރަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ ވެހިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި އެކްސިޑެންޓް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މާލެސިޓީގައި ޚާއްސަކޮށް ހުޅުމާލޭގައި ދަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންނެވެ. އެގޮތުން މިދިޔަ ހުކުރުވިލޭރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާން ފިރިހެނެއް ވަނީ މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް