Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 15:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަން
ގޫގުލް
ތެލުގެ ޑިއުޓީ ކުޑަކުރުން
ތެލުގެ ޑިއުޓީ 5 ޕަސެންޓަށް ކުޑަކުރަން ފާސްކުރި ބިލް ތަސްދީގުކުރައްވައިފި
ތެލުގެ ޑިއުޓީ ސުން ޕަސެންޓުގައި ހުއްޓާ 10 ޕަސަންޓަށް އިތުރުކުރީ ރައީސް ޔާމީންގެ ސަރުކާރުން
ތެލުގެ ޑިއުޓީ 10 ޕަސަންޓުން 5 ޕަސަންޓަށް ދަށްކުރަން ނިންމީވެސް މި ސަރުކާރުން
ކުރިހުރިގޮތަށް ސުން ޕަސަންޓަށް ތިރިކުރާކަށް މިސަރުކާރުން ބޭނުމެއް ނުވި

ރާއްޖެ އެތެރެކުރާ ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ފާސްކުރުމާ ގުޅިގެން އެބިލް ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމާގުޅިގެން އެގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފެށިފަ އެވެ.

އިސްލާހު ގެނައުމުގެ އެބިލާ ގުޅިގެން ތެލުގެ ބާވަތްތަކުން ޑިއުޓީ ސުން ރޭޓަށް ހަމަޖެއްސުމަށް އެމްޑީޕީން ހުށަހެޅިނަމަވެސް، އެ އިސްލާހަށް ސަރުކާރުގެ މެމްބަރުން ތާއިދު ނުކުރުމުން، ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރަން ވަނީ ފާސްކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެރިކަމަށް ވަޑައިގެން ތެލުގެ ބާވަތްތަކުގެ ޑިއުޓީ 10 ޕަސެންޓަށް އޮތީ ބޮޑުކޮށްފަ އެވެ. މަޖިލީހުން ބުދަ ދުވަހު ފާސްކުރީ ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމަށެވެ.

މި ބިލަށް އެމްޑީޕީން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ތެލުގެ ޑިއުޓީ ސުން ރޭޓަށް ހަމަޖެއްސުމަށެވެ. ތެލުގެ ޑިއުޓީ ސުން ރޭޓަށް ހަމަޖެއްސުމަށް 30 މެމްބަރުން ވޯޓް ދެއްވިއިރު، ސުން ރޭޓަށް ހަމަޖެއްސުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 41 މެމްބަރުން ވޯޓް ދެއްވި އެވެ.

މި އިސްލާހު ފެއިލްވުމާއެކު، ސަރުކާރުން ހުށަހެޅި ގޮތަށް ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމަށް މަޖިލީހުން ފާސްކުރީ 73 މެމްބަރުންގެ އިއްތިފާގުންނެވެ.

ތެލުގެ ޑިއުޓީ ސުން ރޭޓަށް ކުޑަ ނުކުރާތީ އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ފަސް ޕަސެންޓް އުނިކުރުމުން ވެސް ރައްޔިތުންނަށް ފައިދާއެއް ލިބޭނެތީ ބިލަށް ވޯޓު ދީފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް