Advertisement
ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 06:57
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން
މޯލްޑިވްސް ޕޮލިސް ސާރވިސް
ދިވެހި ފުލުހުންގެ ޚިދުމަތު
ދިވެހި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު 82 ފުލުހުން ވަނީ ހުވާކޮށްފައި

ދިވެހި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުން ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާރޕަސް ހޯލުގައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވާފައި ވަނީ ސިވިލްކޯޓުގެ ގާޒީ އަބްދުލްނާސިރު ޝަފީގުއެވެ.

Advertisement

ފުލުހުންނަށް ހުވާލައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސަސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒްއާއި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމުގެ އިތުރުން ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޖުމްލަ 82 ފުލުހުން ހުވާ ކުރިއެވެ. އޭގެތެރޭގައި 26 ފިރިހެން ފުލުހުންނާއި 16 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީ އަންހެން 20 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފިރިހެން 20 ފުލުހުން ހިމެނެއެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް