Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 15:32
ސްޓީލިން ޕެރަޑައިސްގެ ފޮޓޯއެއް
ސްޓީލިން ޕެރަޑައިސްގެ ފޮޓޯއެއް
އަލްޖަޒީރާ
މީޑިއާ ނެޓް ޖޫރިމަނާ
މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި
މީޑިއާނެޓް ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައި
ޖޫރިމަނާކުރީ "ސްޓީލިން ޕެރަޑައިސް" ދެއްކި މައްސަލަ
ޖޫރިމަނާ ކުރީ  "ގައުމާ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާތީ"

ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކޮންޓެންޓެއް ރީބްރޯޑްކާސްޓްކުރި ކަމަށް  ބުނެ މީޑިއާނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަލްޖަޒީރާގެ ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިސް" ދެއްކި މައްސަލައިގަ މީޑިއާނެޓް ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ރާއްޖެއެމްވީއަށް ބޮރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ މީޑިޔާނެޓަށް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ  "ގައުމާ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާތީ" ކަމަށެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރެން ވެސް މީޑިޔާނެޓަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.  ނަމަވެސް އެކަން އަދި އެ ސްޓޭޝަނަށް އަންގާފައި ނުވާ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީއިން މީޑިއާނެޓްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަނަށް ގުޅާލުމުން ވިދާޅުވީ މީޑިއާނެޓް ޖޫރިމަނާކުރިކަމެއް އަދި ނާންގާކަމަށާއި އޭނާއަށް ވެސް އެކަން އެނގިވަޑައިގަތީ ނޫސްތަކުން ފެނުމުން ކަމަށެވެ.

ދިވެހިސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވައްކަމާއި ޚިޔާނާތާ ޖަރީމާތަކެއްގެ މައްޗަށް ގަތަރުގެ އަލް ޖަޒީރާ ޗެނަލުން ތައްޔާރުކުރި އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް"އަށް ބައިނަލް އަގުވާމީ އެވޯޑެއް ވެސް ދާދި ފަހުން ލިބިފައެވެ. އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިސް އަށް ލިބުނީ ކަރަޕްޝަން ރިޕޯޓިން އެވޯޑް އެވެ.ސްޓީލިން ޕެރަޑައިސްއަށް ލިބުނު ކޮރަޕްޝަން ރިޕޯޓިން އެވޯޑު ސްޕޮންސަކޮށްފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިންނެވެ.

ސްޓީލިން ޕެރެޑައިސް އަލްޖަޒީރާއިން ދައްކާފައިވަނީ ސެޕްޓެމްބަރު 7، 2016 ވަނަ އަހަރުގައެވެ. 

އަލްޖަޒީރާ އިން ދެއްކި ޑޮކިއުމެންޓްރީއެއް ރީބްރޯޑްކާސްޓްކުރި މައްސަލައިގަ މީޑިއާނެޓް ޖޫރިމަނާ ކޮށްފައިވާ އިރު އެމްޑީޕީގެ ހަރުގޭގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނާއި ރާއްޖެ ޓީވީން ދެއްކި ޚަބަރަކާ ގުޅިގެން ރާއްޖެ ޓީވީ ޖުމްލަ 1.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ އިރު އެ ކޮންޓެންޓްތައް ރީބްރޯޑްކާސްޓްކޮށްގެން މީޑިއާނެޓް ޖޫރިމަނާކޮށްފައެއް ނުވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 ޖޫން 2017 | ހުކުރު 11:09
ޖިހާދު
ސްޓިލިންގ ޕެރަޑައިޒް އިން ގެނައި "ބޮޑުވައްކަމާއި" "ބޮޑުކޮރަޕްޝަންގެ" މައްސަލަ ބެލުމުގެ ބަދަލުގައި ބަޔަކު ޖުރިމައިނާކުރުމުން އެގެނީ މި ކޮމިޝަނުންވެސް އެވައްކަން ކުރިބަޔަކު ހިމާޔަތް ކުރަން އުޅޭކަން. ބޭނުމަކީ އެވައްކަމުގެވާހަކަ ދައްކާމީހުންގެ އަގަ ބަންދުކޮއްލުން. އަނެއްކާ މި "ކޮމިޝަން" އައްވެސް އެތިކޮޅެއްލިބުނީބާ؟