Advertisement
ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 20:58
އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރާއި އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ޤައުމީ ތަމްރީން ޕްރޮގްރާމް
އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރާއި އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ޤައުމީ ތަމްރީން ޕްރޮގްރާމް
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ ތަމްރީނު ޕްރޮގްރާމު ފެށުން
އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ގައުމީ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
މި ޕްރޮގްރާމްގައި 37 މުވައްޒަފުން ބައިވެރިވި

އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރާއި އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާއި ބެހޭ ޤައުމީ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

އޮގަސްޓް 2 ން 4 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފައިނޭންޝަލް ކްރައިމް އެންޑް އެސެޓް ރިކަވަރީއާއި ބެހޭ މައުލޫމާތާއި ގާނޫނު ތަންފީޒްކުރާ އިދާރާތަކުގެ އޮފިސަރުންގެ ގާބިލްކަން އިތުރުކޮށް، ކަމާބެހޭ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް މައުލޫމާތު ހިއްސާކުރުމާއި  ނެޓްވޯކިންގގެ ފުރުސަތު ހޯދައިދިނުމާއި ހޯދޭނެގޮތްތައް ކިޔަވައިދެވޭނެއެވެ.

Advertisement

ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. މި ރަސްމިއްޔާތުގައި އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރު (އައިއެފްސީއޭސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު ޓޮމޮނޯބޫ ކާޔާ ވެސް ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އިންޓަރޕޯލް އެން.ސީ.ބީ މާލެ ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް