Advertisement
ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 20:47
މޫސުން
މޫސުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ވައިޓް އެލާޓް
އަންގާރަ ދުވަހުގެ ރޭ 8:30ން ފެށިގެން މެންދަމު 2:30ށް ވަނީ ވައިޓް އެލާޓް ނެރެފައި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ރޭ 8:30ން ފެށިގެން މެންދަމު 2:30ށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިގަޑިތަކުގައި އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

މީގެއިތުރުން މެޓް އޮފީހުން ބުނީ ބުދަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަަށީގެންވާކަމަށެވެ. އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް